ޚަބަރު

މިއަދު ހަވީރުން ފެށިގެން ބްރިޖުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް


މިއަދު އެމްއޭސީއެލްގެ ފަރާތުން ކުރިއަށް ގެންދާ އެއަރޕޯޓް ފުލް ސްކޭލް އެމަރޖެންސީ އެކްސަސައިޒާ ގުޅިގެން 16:00 އިން ފެށިގެން 20:00 އަށް ބްރިޖްގެ ޓްރެފިކް ފްލޯއަށް ބަދަލުގެނެވޭނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ މިވަގުތު ތަކުގައި ފުލުހުން ދެއްވާ އިރުޝާދާ އެއްގޮތަށް އަމަލުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ. މި ޙަރަކާތުގައި އެއަރ ޕޯޓްގެ އެކި ދާއިރާތަކުގެ އިތުރުން ޞިއްހީ ޙިދުމަތްދޭ ތަންތަން ހިމެނޭގޮތުން 30 އިދާރާއަކުން ބައިވެރިވެއެވެ. އަދި މިހުރިހާ މުވައްސަސާތަކުގެ އިމަރޖެންސީ ޕްލޭން ޙަރަކާތްތެރި ކުރެވިގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިޙަރަކާތް ކުރިއަށް ގެންދިޔުމުގެ އެންމެފަހުގެ ތައްޔާރީތައް މިހާރު ނިމިފައިވާއިރު، މި ޙަރަކާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވަނީ މައުލޫމާތު ދިނުމާއި ތަމްރީން ބައްދަލުވުންތައް ކުރިއަށް ގެންދެވިފައެވެ. މީގެ ތެރޭގައި ޞިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްޞަ ތަމްރީންތަކާއި ސަލާމަތީ ޙިދުމަތްތަކާއި ވޮލެންޓިއަރުންނަށްވެސް ހިންގުނު ތަމްރީންތައް ހިމެނެއެވެ.
މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ގިނަ މަޝްރުޢޫތަކެއް ކުރިއަށް ގެންދާއިރު، މީގެ ޙަރަކާތުގެ
ތެރޭގައި މިހާރު އޮޕަރޭޝަން ފަށާފައިވާ ގިނަ ތަންތަން ޓެސްޓްކުރެވޭނެއެވެ. އޭގެ ތެރޭގައި މިހާރު ވަގުތީ ގޮތުން ޓެކްސީވޭގެ ގޮތުގައި ބޭނުންކުރާ ކޯޑް-އެފް ރަންވޭ މިފަދަ ޚާލަތެއްގައި ބޭނުންކުރާނެ ގޮތް ޓެސްޓްކުރެވޭއެވެ.

މިއަދު ހަވީރު ހަތަރަކުން ރޭގަޑު އަށެއް ޖެހުމާއި ހަމައަށް ޙަރަކާތް ކުރިއަށް ގެންދާއިރު، ހަވީރު 4 އިން 6 އަކަށް އެއަޕޯޓުގެ ރަންވޭގެ އޮޕަރޭޝަން އެއްކޮށް މަޑުޖައްސާލާނެއެއެވެ. ނަމަވެސް ބައިނަލް އަޤްވާމީ އުދުހުންތަކުގެ ޗެކްއިން އަދި ސީޕްލޭން އޮޕަރޭޝަން ހުއްޓުމެއްނެތި ކުރިއަށް ދާނެކަމަށް އެމްއޭސީއެލުން ބުނެއެވެ.