ޚަބަރު

ގާފަރު ގެސްޓު ހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނީ 27 އަހަރުގެ ދިވެހި އަންހެނެއް


ކ.ގާފަރު ގެސްޓު ހައުސްއެއްގައި މަރުވެފައި އޮއްވާ ފެނިފައިވަނީ 27 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ދިވެހި ފުލުހުން ވިދާޅުވެއްޖެއެވެ.

ކ.ގާފަރު ގެސްޓު ހައުސްއެއްގައި މަރުވެފައި އޮތް މީހކު ފެނިގެން ފުލުހުންނަށް ރޭ ރިޕޯޓް ކުރުމާއި ގުޅިގެން ފުލުހުންގެ ޚާއްސަ ޓީމެއް ދަނީ ގާފަރުގައި ހަރަކާތްތެރިވަމުންނެވެ.

މިމީހާއަކީ ކ.ގާފަރަށް މިމަހުގެ 16 ވަނަ ދުވަހު ދިޔަ ރަށުން ބޭރު މީހެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައިވާކަން އެގިފައިވަނީ އޭނާގެ ޚަބަރެއް ނުވެގެން އޭނާ އުޅޭ ގެސްޓް ހައުސްއަށް ރޭ ބަޔަކު ވަދެބެލުމުންނެވެ.

މިމަރާއި ގުޅިގެން ފުލުހުން ވިދާޅުވީ މިމަރުގެ ތަހުގީގް ކުރަމުންދާކަމަށެވެ.