ކުޅިވަރު

އެރިކްސަން އެނބުރި އައި މެޗުން ޑެންމާކު ބަލި


މިދިޔަ އަހަރު ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ފިންލެންޑާއި ދެކޮޅަށް ކުޅުނު މެޗުގައި ހިތް ހުއްޓިގެން ދަނޑުން ބޭލި ޑެންމާކުގެ މިޑްފިލްޑަރު ކްރިސްޓަން އެރިކްސަން އެނބުރި އައި މެޗުން ނެދަލެންޑްސް އަތުން ޑެންމާކު ބަލިވެއްޖެއެވެ.

ނެދަލެންޑް އަތުން ޑެންމާކު ބަލިވީ 4-2 ގެ ނަތީޖާއަކުންއެވެ.

ފިންލެންޑާއި ދެކޮޅަށް ދިމާވި ހާދިސާ ހިނގިތާ 287 ދުވަސް ފަހުން އެރިކްސަން ރޭ ޑެންމާކު ޓީމަށް ކުޅެންއެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އަދި ކުޅެން އެރިތާ ދެމިނެޓު ތެރޭގައި އެރިކްސަން ވަނީ ލަނޑު ޖަހައިފައެވެ.

އެރިކްސަން ލަނޑު ޖެހުމުގެ ކުރިން ނެދަލެންޑްސް އިން އޮތީ ދެ ލަނޑުގެ ލީޑެއް ނަގައިފައެވެ.

ސްޓީވެން ބާގްވައިން، ނޭތަން އަކޭ އަދި މެމްފިސް ޑިޕާއި ނެދަލެންޑްސްގެ ގޯލުތައް ފުރަތަމަ ހާފުގައި ޖެހިއިރު، ޑެންމާކްގެ ގޯލު ޖެހީ ޔަނިކް ވެސްޓެގާޑް އެވެ.

އެރިކްސަން ކުޅެން އަރައި ޑެންމާކްގެ ދެ ވަނަ ގޯލު ޖަހައި، އުންމީދެއް ގެނެސްދިން ނަމަވެސް ބާގްވެއިން ވަނީ އިތުރު ގޯލެއް ޖަހައި، ނެދަލެންޑްސް މޮޅުކޮށްދީފަ އެވެ.