ޚަބަރު

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އައްޑޫން ބަޔަކު ހައްޔަރުކޮށްފި


ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އައްޑޫ ސިޓީން ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި މިއަދު އައްޑޫ ސިޓީން ބަޔަކު ހައްޔަރުކޮށްފައިވާކަމަށެވެ. ނަމަވެސް މިމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ކިތައް މީހުންކަމެއް، އަދި ކޮން ބައެއްކަމެއްވެސް ހާމަކޮށްފައިނުވެއެވެ.

ފުލުހުން ވިދާޅުވީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެންވެސް އައްޑޫއިން ވަނީ މީހަކު ހައްޔަރުކޮށްފައެވެ. އޭނާގެ މައްސަލަ ކޯޓުގައި މިހާރުވެސް ދަނީ ހިނގަމުންނެވެ.

ޓެރަރިޒަމާއި ބެހޭ ޤާނޫނަށް ގެނައި ބަދަލުތަކާއި އެކު ފުލުހުންނަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. އެގޮތުން ޓެރަރިޒަމްގެ ކުށުގެ ތުހުމަތުކުރެވޭ މީހުން ކޯޓު އަމުރަކާނުލައި ހައްޔަރުކުރެވުމުގެ ބާރު ވަނީ ޤާނޫނުން ދީފައެވެ.