ޚަބަރު

ތިން ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން އައްޔަން ކޮށްފި


ތިން ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން އައްޔަން ކޮށްފިއެވެ.

ތިން ދާއިރާއަކަށް އިސް މެޖިސްޓްރޭޓުންގެ ގޮތުގައި ޖޭއެސްސީން އައްޔަން ކުރެއްވި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އެރުއްވީ، ޖޭއެސްސީގެ ރައީސް އަލްއުސްތާޛާ ހިސާން ހުސެއިންނެވެ.

ފަތްކޮޅު ޙަވާލުކުރެވިފައިވާ 03 ދާއިރާގެ އިސް މެޖިސްޓްރޭޓުންނަކީ:

  • ހއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ހއ. އުތީމު، ކަރަންކާގެ، އަލްއުސްތާޛު އަހްމަދު އާދަމް
  • ވ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ވ.ފުލިދޫ، ވެނިލާގެ، އަލްއުސްތާޛު އަހްމަދު ޝަރީފް
  • ގދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ގދ.ތިނަދޫ، ދިލްބަހާރުގެ އަލްއުސްތާޛު އަބްދުލް ރައްޒާގު މުހައްމަދު


ހއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަންކުރި އަލްއުސްތާޛު އަހްމަދު އާދަމް އަކީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ (ހޮނަރސް) ހާޞިލްކުރައްވާ، ފަނޑިޔާރުކަމުގައި 19 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

ވ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަންކުރި އަލްއުސްތާޛު އަހްމަދު ޝަރީފް އަކީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓަރސް އޮފް ޝަރީޢާ އެންޑް ލޯ ހާޞިލްކުރައްވާ، ފަނޑިޔާރުކަމުގައި 28 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

ގދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަންކުރ އަލްއުސްތާޛު އަބްދުލް ރައްޒާގު މުހައްމަދު އަކީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ ހާޞިލްކުރައްވާ، ފަނޑިޔާރުކަމުގައި 19 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.