ދީން

"މާފަންނު އާ މިސްކިތް" ހުޅުވައިފި


"މާފަންނު އާ މިސްކިތް" ހުޅުވާ، ބޭނުންކުރަން ފަށައިފިއެވެ.

މާލޭ ފަރީދީ މަގުގައި ބިނާކުރި މި މިސްކިތަކީ އަމިއްލަ ފަރާތެއްގެ ހިލޭ އެހީގައި ބިނާކުރި މިސްކިތެއްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ކުރިން އެތަނުގައި ހުރި މިސްކިތުގެ ބަދަލުގައި އަލަށް އިމާރާތްކުރި މި މިސްކިތުގައި 1000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެއެވެ.

ދެ ފަންގިފިލާއަށް ހަދާފައިވާ މި މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމުވެސްވަނީ ހަމަޖެހިފައެވެ. މި މިސްކިތުގެ ނަމާދުކުރާ ބައިގެ ބޮޑުމިނުގައި 6000 އަކަފޫޓު، އަދި ހަރިންމައިގެ ބޮޑުމިނުގައި 5687 އަކަފޫޓު ހުރެއެވެ.

މި މިސްކިތް އިމާރާތްކުރަން ފަށާފައިވަނީ 2019ވަނަ އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ. މިސްކިތް ހުޅުވާފައިވަނީ 2 އޭޕްރީލް 2022 ގައެވެ.