ޚަބަރު

2 އަހަރަށްފަހު ޢީދު ނަމާދުގެ ބޮޑުޖަމާއަތް


މިއަހަރުގެ ފިޠުރު ޢީދުނަމާދު ބޮޑު ޖަމާއަތުގައި ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

މިއީ ކޯވިޑްގައި ހޭދަވި 2 އަހަރަށްފަހު މާލޭގައި ޢީދު ނަމާދު ބޮޑު ޖަމާޢާތުގައި ކުރާ ފުރަތަމަ ފަހަރުއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގަކަމަށެވެ. އަދި ހުޅުމާލޭގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ހުޅުމާލެ ސްޓޭޑިއަމްގައެވެ. ވިލިމާލޭގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ވިލިމާލޭ ފުޓްބޯޅަ ދަނޑުގައެވެ.

ޢީދު ނަމާދަށް ދާއިރު ކޮންމެ ބޭފުޅަކުވެސް ގެއިން ވުޟޫކޮށްގެން ދިއުމަށާއި އަމިއްލަ މުސައްލައެއް ގެންދިއުމަށާއި އަމިއްލަ ފެންފުޅިއެއް ގެންދިއުމަށް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ. މީގެ އިތުރުން ފައިވާން ލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެނައުމަށްވެސް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ ޢީދު ނަމާދު ކުރުން އޮންނާނީ މިސްކިތްތަކުގައިކަމަށެވެ. ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ މެއި މަހުގެ 2ވަނަ ދުވަހެވެ.