ކެރިއަރުގެ ކުރީކޮޅު މެޗް ފިކްސްކުރަން އޭނާގެ ސްޓާފަކާ ބަޔަކު ވާހަކަދެއްކިކަމަށް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޯކޮވިޗް ބުނެފިއެވެ. މެޗް ފިކްސިންއާ ދެކޮޅަށް ތެދުވުމުގައި ޓެނިހުން ނުކުޅެދިފައިވާކަމަށް ތުހުމަތުކުރެވިފައިވާ މި ދަނޑުވަޅުގައި ވާހަކަދަކަމުން އިއްޔެ ޖޯކޮވިޗް ބުނީ ޓެނިހުގެ އެންމެ މަތީ ފެންވަރުގައި މެޗް ފިކްސިންގެ ކަންތައްތަކެއް އުޅޭކަމަށް ގަބޫލް ނުކުރާކަމަށެވެ. އޭނާ ބުނީ އޭނާގެ ސްޓާފަކާ ބަޔަކު ވާހަކަދެއްކިނަމަވެސް އޭނާގެ ފަރާތުން އެކަން ޤަބޫލްކޮށްފައިނުވާކަމަށެވެ. ސާބިޔާގެ ކުޅުންތެރިޔާ ބުނީ އޭގެ ފަހުން ހަތް އަހަރު ވެފައިވާއިރު އެކަހަލަ އެއްވެސް ކަމެއްގެ ވާހަކަ އޭނާއާ ހަމަޔަށް އައިސްފައި ނުވާކަމަށެވެ.އޮސްޓްރޭލިއަން އޯޕެންގައި ސައުތް ކޮރެއާގެ ޒުވާން ކުޅުންތެރިޔާ ޗުން ހެޔޮން އަތުން ފަސޭހަކަމާއެކު މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން ޖޯކޮވިޗް ބުނީ މެޗް ފިކްސިންއަކީ އެންމެ މަތީ ފެންވަރުގައި އުޅޭ މައްސަލައެއް ނޫންކަމަށާ އެކަމަކު ދަށް ފަންތީގެ ޓެނިހާމެދު އެއްޗެކޭ ބުނަން އޭނަޔަށް ނޭނގޭކަމަށެވެ.