ރަޝިޔާގެ ތެޔޮ އެތެރެކުރުން މުޅިން ހުއްޓާލުމަށް ޖަޕާނަށް ވަގުތު ނަގާނެކަމަށް އެ ޤައުމުގެ ބޮޑު ވަޒީރު ފުމިއޯ ކިޝިޑާ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ ޖީ.7 ގެ ޤައުމުތަކާއިއެކު އެއްބަސްވެ، ރަޝިޔާއިން ތެޔޮ އެތެރެކުރުން ހުއްޓާލުމަށް ޖަޕާނުން އެއްބަސްވުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ. ޔޫކްރެއިން ރަޝިޔާ ހަނގުރާމައިގެ ސަބަބުން ހުޅަނގުގެ ޤައުމުތަކާއި ހުޅަނގަށް ވާގިވެރެވާ ޤައުމުތަކުން ދަނީ ރަޝިޔާއާ ދެކޮޅަށް އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. މި ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ސިޔާސަތަކަށް މިހާރު އޮތީ ރަޝިޔާގެ ތެލަށް ޤައުމުތަކުން ބަރޯސާވާ މިންވަރުދަށް ކުރުމެވެ.
މިކަމާއި ގުޅިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވިދާޅުވީ، ޖަޕާނަކީ ތެލުގެ އިމްޕޯޓަށް ވަރަށްބޮޑަށް ބަރޯސާވެފައިވާ ޤައުމަކަށްވީހިނދު މިއީ ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ. ނަމަވެސް މިކަމުގައި ޖީ.7 ގެ ޤައުމުތަކާގުޅިގެން ވަރަށްބޮޑަށް މަސައްކަތް ކުރެވެން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ކިޝިޑާ ވިދާޅުވީ، މިކަން ތަންފީޒު ކުރާއިރު ޖަޕާނުން އެކަމުގެ ސަަބަބުން ކޮށްފާނެ އަސަރައް ބަލާ ކުރާނީ މަޑުމަޑުން ކަމަށެވެ. އެގޮތުން މިކަމަށް އިތުރު ވަގުތު ހޭދަވާނެ ކަމަށް ވިދާޅުވިއެވެ.
ތާފާސްހިސާބުތައް އާންމުކުރާ ރެފިނިޓިވްގެ އަދަދުތަކަށް ބާލާއިރު އެޕްރީލް މެދުތެރެއިން ފެށިގެން ރަޝިއާއިން ޖަޕާނަށް ތެލުގެ ޝިޕްމެންޓެއް ގެންގޮސްފައިނުވެއެވެ. އެކަމަކަމުގެ އެހައިހިސާބަށް 1.9 މިލިއަން ފީފާ ތެޔޮ ރަޝިއާއިން އެމަހު ޖަޕާނުން އެތެރެކޮށްފައިވާ ކަމަށް ދައްކައެވެ. އަދި މުޅި ޖުމްލަ 89 މިލިއަން ފީފާ ތެޔޮ މާރިޗު މަހު އެތެރެކުރިކަމަށް ވަނީ ދައްކާފައެވެ.
2021ވަނަ އަހަރު ޖަޕާނުގެ އެތެރެކޮށްފައިވާ ތެލަށް ބަލާއިރު ޖުމްލަ 33 މިލިއަން ފީފާ ތެޔޮ ރަޝިއާއިން ޖަޕާނަށް އެތެރެކުރިއެވެ. މިއީ ޤައުމުގެ ޖުމްލަ ތެލުގެ އިމްޕޯޓުގެ 4 އިންސައްތައެވެ. ޖަޕާނުގެ ތެލުގެ އިމްޕޯޓުގެ %90އަށްވުރެ ބޮޑުބައި ހިއްސާކުރަނީ މެދު އިރުމަތީގެ ޤައުމުތަކެވެ. ރަޝިއާއަކީ ޖަޕާނަށް 5ވަނައަށް އެންމެ ގިނައި ތެޔޮ ފޮނުވާ ޤައުމެވެ.
މިއާއެކު އެޤައުމުން މިހާރު އަމާޒު ހިފާފައިވަނީ ރަޝިއާގެ ތެލާއި ކޯލް އެއްކޮށް އެތެރެކުރުން ހުއްޓާލުމަށްފަހު، މެދު އިރުމަތީގެ ޤައުމުތަކުން ތެޔޮ އެތެރެކުރުމަށެވެ. މިކަމަށް ޖަޕާނުގެ ތެޔޮ އެތެރެކުރާ ކުންފުނިތަކުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.
މިކަންކަމުގެ ތެރެއިން ޖަޕާން ސަރުކާރުގެ ކުންފުނިތަކާއި ސީދާ ސަރުކާރުގެ ހިއްސާ ރަޝިއާގައި ހިންގާ ހަކަތައިގެ ބައެއް މަޝްރޫޢުތަކުގައި އޮވެއެވެ. ޖަޕާނުން ރަޝިއާގެ ތެޔޮ އެތެރެކުރުން ހުއްޓާލިއަސް މިމަޝްރޫޢުތަކުގައި ޖަޕާނުގެ ހިއްސާ ދޫކުރުމަށް އެ ޤައުމުގެ ސަރުކާރުން އަދި ބޭނުމެއް ނުވެއެވެ. އަދި ކުންފުނިތަކުން ހިއްސާ ދޫކުރުމަށް ނިންމިއަސް ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ހިއްސާ ހިފަހައްޓާފައިވާ ކަމަށް އެކުންފުނިތަކުން ވަނީ ބުނެފައެވެ.