ޚަބަރު

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ރިޔާޒް ސަސްޕެންޑްކޮށްފި


ބަލަމުންދާ މައްސަލައަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒް ސަސްޕެންޑްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން އޭނާ ސަސްޕެންޑްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް މިއަދު އަންގާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ސަސްޕެންޑްކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ރައީސް އޮފީހުން ވިދާޅެއްނުވެއެވެ. އެހެންނަމަވެސް އެނގިފައިވާ ގޮތުގައި އޭނާ ސަސްޕެންޑްކޮށްފައި ވަނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ރިޔާޒް މައިގަނޑު ގޮތެއްގައި ބަލަހައްޓަމުން ގެންދަވަނީ އެ ދާއިރާގެ ޢުމްރަނީ މަސައްކަތްތަކުގެ ކަންކަމެވެ.