ޚަބަރު

ލަންކާގައި އެސްއެސްއީ އިމްތިހާނު ފަށައިފި


މިއަދު ފެށުނު އެސްއެސްސީ އިމްތިޙާނުގައި ސްރީލަންކާގައި ދިރިއުޅޭ ދިވެހި 15 ދަރިވަރަކު ބައިވެރިވެއްޖެއެވެ.

ލަންކާގައި ދިވެހި ސަރުކާރުން ހިންގަމުން އަންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގައި ކިޔަވަމުން އަންނަ 15 ދިވެހި ދަރިވަރުންގެ އެސް.އެސް.ސީ އިމްތިޙާނު ކުރިއަށްދަނީވެސް އެ ސެންޓަރުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސެންޓަރުގައި ތައުލީމު ޙާސިލު ކުރަމުންދާ 17 ދަރިވަރަކު އެސް.އެސް.ސީ އިމްތިޙާނުގައި ބައިވެރިވުމަށް މިއަހަރު ރަޖިސްޓްރީ ކޮށްފައިވެއެވެ. ނަމަވެސް އިމްތިޙާނު ފެށުމުގެ ކުރިން އޭގެތެރެއިން ދެކުއްޖަކު ވަނީ ރާއްޖެ ބަދަލު ވެފައެވެ.

އެމް.އީ.ސީ.ސީގެ ދަރިވަރުން މީގެކުރީ އަހަރު ތަކުގައިވެސް ވަނީ ލަންކާގައި ތިބެ އެސް.އެސް.ސީ އިމްތިޙާނު ފުރިހަމަކޮށްފައެވެ. އަދި އެމް.އީ.ސީ.ސީގެ ދަރިވަރުން އެސް.އެސް.ސީ އިމްތިޙާނުގައި ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާކަންވެސް ފާހަގަކުރެވެއެވެ.