ޚަބަރު

ޖުލައިމަހު 8 ރަށެއްގެ އަންހެނުންގެ ކޮމެޓީގެ އިންތިހާބު ބާއްވަނީ


އިތުރު 3 ރަށެއްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން ކޮމިޝަނުން، ޖުލައި މަހުގެ 23 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ހިތަދޫ ދާއިރާ، ރ. އިންނަމާދޫ އަދި ތ. ވަންދޫގެ އަންހެނުންގެ ތަރައްޤީގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށްކަމަށެވެ.

މި އިންތިޚާބުތަކުގައި ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ ޖޫންމަހުގެ 11 ވަނަ ދުވަހަށެވެ. މިއިންތިޚާބުތަކުގައި ވާދަކުރުމަށް ވެރިކަންކުރާ މައި ޕާޓީން އެމްޑީޕީން ވަނީ ހުޅުވާލާފައެވެ. ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ މެމްބަރުން އެކަމަށް އެދި ސިޓީ އަކާއެކު އައިޑީ ކާޑުގެ ސާފު ކޮޕީއެއް 6 ޖޫންގެ ކުރިން އެޕާޓީއަށް ފޮނުވުމަށް ވަނީ ދަންނަވާފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުތައް އަވަސްއަވަހަށް ބާއްވަމުންދާއިރު، މިކަމަށް އެއްވެސް ހައްލެއް އަދި މިހާތަނަށް ލިބިފައިނުވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ޖުލައި މަހުގެ 2 ވަނަ ދުވަހުވެސް 5 ރަށެއްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް ހުޅުވާލާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާ ގާތްގާތުގައި އިންތިޚާބުތައް ބާއްވަންޖެހި، ކުރިމަތިލާނެ މީހުންގެ ޝައުޤުވެރިކަންވެސް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމުން ކަނޑައެޅިފައިވާ މުއްދަތުގައި އެއްވެސް ތަރުޙީބެއް ނުލިބުމުގެ ކަންބޮޑުވުންވެސް އެކޮމިޝަނުން ފާޅުކޮށްފައިވެއެވެ. އަދި ކައިރި ކައިރީގައި އިންތިޚާބުތައް ބާއްވަން ޖެހުމަކީވެސް ބޮޑު ޚަރަދެއްކުރަންޖެހޭ ކަމަކަށްވާތީ ޤާނޫނީގޮތުން މިކަމަށް ހައްލެއް ގެނައުމުގެ ވިސްނުން ހުރިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުވެފައިވާ ބައެއް މެންބަރުން މަޤާމުން އިސްތިއުފާދީ، އެމަޤާމަށް ޝައުގުވެރިކަން ކުޑަވާތީ، ސަރުކާރުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަވެސް މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ބޮޑުކޮށްފައެވެ.