ޚަބަރު

ޔުނިވާސަލްގެ އެއް ހިއްސާދާރު މުހައްމަދު މާހިރު ނިޔާވެއްޖެ


ރާއްޖޭގެ ފަތުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ޔުނިވާސަލްގެ އެއް ހިއްސާދާރު މުހައްމަދު މާހިރު (މުހައްމައިދީ) ނިޔާވެއްޖެއެވެ.

މުހައްމައިދީ ނިޔާވެފައިވަނީ އާލާސްކަންފުޅާ މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. މުހައްމައިދީ އަވަހާރަވިކަން ކުރީގެ ޑިފެންސް މިނިސްޓަރ އަދި މުހައްމައިދީގެ ކޮއްކޮ އަމީން ފައިސަލްވެސް ވަނީ ހިއްސާ ކުރައްވާފައެވެ.

މުހައްމައިދީއަކީ އިސްމާއިލް ނޫރައްދީނާއި، މަރިޔަމް ނޫރައްދީނާއި، އައިޝަތު ނޫރައްދީނާއި، ޚަދީޖާ ނޫރައްދީނުގެ އެއްބަޑު ބޭފުޅެކެވެ.

މުހައްމައިދީ ނިޔާވުމާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ބޭފުޅުންނާއި، އަދި ރާއްޖޭގެ ސިޔާސީ އިސް ބޭފުޅުންވެސް ގެންދަވަނީ މަރުހޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްވުމަށާއި، އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާކުރަމުންނެވެ.