ދުނިޔޭގެ ވިޔަފާރި

އައުޑީން ކާރު އުފެއްދުމުގެ މަސައްކަތް ބްރެޒިލްގައި އަލުން ފަށަނީ


ބްރެޒިލްގައި އަލުން ކާރު އުފައްދަން ފެށުމަށް 19.2 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓުކުރަން ޖަރުމަނުވިލާތުގެ އޮޓޯމޭޓިވް ކުންފުނި، އައުޑީން ނިންމައިފިއެވެ.

ބްރެޒިލްގެ ޕަރާނާ ސްޓޭޓްގައި ހުންނަ އައުޑީގެ ކާރުޚާނާއެއްގައި އަލުން މަސައްކަތް ފަށާއިރު އަހަރަކު 4000 ވެހިކަލް އުފެއްދުމުގެ ކެޕޭސިޓީ ކާރުޚާނާގައި ހުންނާނެކަމަށް އައުޑީން ބުނެއެވެ.

އައުޑީން މި ކާރުޚާނާގައި އުފައްދާނީ އައުޑީ Q3 އަދި އައުޑީ Q3 ސްޕޯޓްސްބެކް މޮޑެލްތަކުގެ ވެހިކަލްތަކެވެ. އަދި މިއީ ހަމައެކަނި ބްރެޒިލްގެ މާކެޓަށް އުފައްދާ ވެހިކަލްތަކެކެވެ.

އިލެކްޓްރިކް ސާމާނު ނުލިބޭތީ އައުޑީން ބްރެޒިލްގައި ހުންނަ ކާރުޚާނާގެ އެސަމްބްލީ ލައިން ވަގުތީ ގޮތުން ހުއްޓުމަކަށް ގެނައީ 2020 ވަނަ އަހަރުއެވެ. އޭރު މި ކާރުޚާނާގައި އުފެއްދީ Q3 SUV މޮޑެލްގެ ވެހިކަލްތަކެވެ.

އޮޓޮމޭޓިވް ކުންފުނި އައުޑީ އަކީ 1937 ވަނަ އަހަރު ވުޖޫދަށް އައި ޖަރުމަނުވިލާތުގެ މޮޓޯ ވެހިކަލް އުފައްދާ ކުންފުނި، ވޯކްސުވާގެންގެ ސަބްސިޑަރީ ކުންފުންޏެވެ. މުޅިދުނިޔެއަށް ބަލާއިރު އައުޑީގެ ވެހިކަލް އުފައްދާ 9 ފެސިލިޓި ހުރެއެވެ.