ދުނިޔޭގެ ވިޔަފާރި

ބްރެޒިލްގެ ޓްރޭޑް ސާޕްލަސް ޖޫންމަހު އިތުރުވެއްޖެ


ބްރެޒިލްގެ ޓްރޭޑް ސާޕްލަސް ޖޫންމަހު އިތުރުވެ، 8.14 މިލިއަން އެމެރިކާ ޑޮލަރަށް އަރައިފިއެވެ.

ރޮއީޓާސްއިން ލަފާކުރާ ގޮތުގައި ބްރެޒިލްގެ ޓްރޭޑް ސާޕްލަސް 9.994 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެއެވެ.

1989 ވަނަ އަހަރު ބްރެޒިލްގައި ޓްރޭޑް ސާޕްލަސް ރެކޯޑު ކުރަން ފެށިފަހުން ޖޫން މަހަކީ ދެވަނަ އަށް ޓްރޭޑް ސާޕްލަސް އެންމެ ރަނގަޅުވި މަހެވެ. މީގެކުރިން ބްރެޒިލްގެ ޓްރޭޑް ސާޕްލަސް އެންމެ ރަނގަޅުވެފައިވަނީ މިދިޔަ އަހަރުއެވެ.

ބްރެޒިލްގެ އިޤްޠިޞާދާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާގޮތުގައި އެ ޤައުމުން އެކްސްޕޯޓުކުރި މިންވަރު ވަނީ %15.6 ށް މަތިވެ، 32.7 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ. އަދި އިމްޕޯޓުކުރި މިންވަރު ވަނީ %33.7 މަތިވެ، 29.9 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ކާބޯތަކެއްޗާއި ހަކަތައިގެ އަގު އުފުލިފައިވާ މި ދަނޑިވަޅުގައި އިންފްލޭޝަންގެ ޕްރެޝަރާއި ހެދި އެހެނިހެން ތަކެތީގެ އަގުވެސް ދަނީ އުފުލެމުންނެވެ. ނަމަވެސް ބްރެޒިލްއިން އިމްޕޯޓުކުރި މިންވަރު މަތިވެ އަހަރުގެ ކުރިއަށްއޮތްތަނަށް އިޤްޠިޞާދު ކުރިއަރާނޭ މިންވަރު ވަނީ އަލުން ލަފާކުރަން ޖެހިފައެވެ.

އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ޓްރޭޑް ސާޕްލަސްގެ ގޮތުގައި 34.2 ބިލިއަން އެމެރިކާ ޑޮލަރު ބްރެޒިލްއަށް ވަނީ ލިބިފައެވެ. މުޅި އަހަރަށް ބަލާއިރު މިދިޔަ އަހަރު މިއަދަދު ހުރީ 37 ބިލިއަން އެމެރިކާ ޑޮލަރުގައެވެ. މިއަހަރު ނިމޭއިރު ޓްރޭޑް ސާޕްލަސް 81.5 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ބްރެޒިލްގެ ސަރުކާރުން މިހާރު ވަނީ ލަފާކޮށްފައެވެ.