ނާލޯ-2021 ގެ ޑޭޓާ އެނަލިސިސްއާއި ރިޕޯޓު ލިޔުމުގެ މަސައްކަތް ކޮންސަލްޓަންޓް އުޞޫލުން ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ޑރ. ވިސާލް މޫސާއާއި ޙަވާލުކޮށްފިއެވެ.
މިއީ އެޑިއުކޭޝަން މިނިސްޓްރީން "މޯލްޑިވްސް ލޭމްޕް"ގެ ދަށުން 2021 ވަނަ އަހަރުގެ ފަހުކޮޅު ކޮލެޓީ އެޝުއަރަންސް ޑިޕާޓްމަންޓުން ސަރުކާރުގެ ހުރިހާ ސްކޫލްތަކެއް ޝާމިލުވާގޮތަށް ހިންގި "ނެޝެނަލް އެސެސްމަންޓް އޮފް ލަރނިންގ އައުޓްކަމްސް" ގެ ނަމުގައި ހިންގި އެސެސްމަންޓެކެވެ.
The @MoEdumv has hired Dr. Visal Moosa as a Consultant under the Maldives LAMP for the Data Analysis and Report Writing of the National Assessment of Learning Outcomes (NALO-2021) conducted by @QAD_MOE in all government schools at the end of 2021. pic.twitter.com/lDbbc5AVwE
— Ministry of Education (@MoEdumv) July 3, 2022
ނާލޯ-2021 ހިންގާފައިވަނީ ގްރޭޑް 4 އާއި 7 ގެ ދަރިވަރުންގެ ދިވެހި ބަސް، އިނގިރޭސި ބަސް، އަދި ހިސާބު ފެންވަރު ހުރި މިންވަރު ދެނެގަތުމަށެވެ.
މި އެސެސްމަންޓް ހިންގާފައިވަނީ ގްރޭޑް 4 އަދ 7 ގެ ދަރިވަރުންނާއި މުދައްރިސުންގެ ތެރެއިން ކޮންމެ ސްކޫލަކުން ހޮވާލެވިގެން ނެގުނު ސާމްޕަލްތަކުންނެވެ. އަދި މި އެސެސްމަންޓުގެ ނަތީޖާއަށް ބަލައި ސްކޫލްތަކުގައި މި 3 މާއްދާ ކިޔަވައިދިނުމަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ ކުރިއަށްއޮތްތަނުގައި ސްކޫލްތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް "މޯލްޑިވްސް ލޭމްޕް"އަކީ ގްލޯބަލް ޕާރޓްނަޝިޕް ފޮރ އެޑިއުކޭޝަން، ޖީ.ޕީ.އީގެ ހިލޭ އެހީގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީން ހިންގާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގައި އެޑިއުކޭޝަން މިނިސްޓްރީއާއެކު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީވެސް ޙިއްސާވެއެވެ.