ޚަބަރު

ސިވިލް ކޯޓުގެ ޤާޞީ ޒުބައިރު އިސްތިއުފާ ދެއްވަނީ


ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

ޒުބައިރު މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވަނީ މިމަހުގެ 17ވަނަ ދުވަހުން ފެށިގެންނެވެ. ޒުބައިރު ގާޒީކަމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާއިރު، ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އޭނާ ވަނީ ކުރިމަތިލައްވާފައެވެ. ނަމަވެސް ޒުބައިރު އިސްތިއުފާދެއްވާ ސަބަބެއް އިސްތިއުފާގެ ސިޓީގައި ބަޔާންކޮށްފައެއް ނުވެއެވެ.

ސިވިލް ކޯޓަށް ޒުބައިރު ބަދަލު ކުރައްވާފައިވަނީ ޑްރަގް ކޯޓުގައި އޭނާ މަސައްކަތްކުރަމުންދަނިކޮށް 2015 ވަނަ އަަހަރުއެވެ.