ދުނިޔޭގެ ވިޔަފާރި

އެމެރިކާއާއި ޗައިނާއާ ދެމެދު ވިޔަފާރީގެ މަޝްވަރާތައްކޮށްފި


އެމެރިކާއާއި ޗައިނާއާ ދެމެދު ވިޔަފާރީގެ މަޝްވަރާތައް ކޮށްފިއެވެ. އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ޖެނެޓް ޔެލެން އާއި ޗައިނާގެ ނާއިބު ރައީސް ލިއު ހީ ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ބައިނަލްއަޤުވާމީ ވިޔަފާރިއާއި ތަކެތި ފޯރުކޮށްދިނުމުގައި ހުރި ދަތިކަންފަދަ އިޤްޠިޞާދީގޮތުން ކަންބޮޑުވާ ކަންތައްތައްތައް ހިމެނެއެވެ.

ދެ ފަރާތުން ދެއްކި ވާހަކަ ތަކަކީ ސީދާކޮށް މިނިވަންކަމާއިއެކު ދެއްކި ވާހަކަތަކެއް ކަމަށް އެމެރިކާގެ ޓްރްޝަރީން ބުނެއެވެ.
ޓްރެޝަރީ ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައި ވާގޮތުގައި މިމަޝްވަރާތަކުގެ ތެރެއިން ޗައިނާއިން ގެންގުޅޭ އިންސާފެއްނެތް އިޤްޠިޞާދީ އުސޫލުތަކާއިމެދު ޔެލެން ވަނީ ސުވާލުކޮށްފައެވެ. މީގެއިތުރުން ކާބޯތަކެތީގެ އަގު އުފުލުމާއި ކާބޯތަކެތީގެ ދަތިކަމާއިބެހޭގޮތުންވެސް ދެ ފަރާތުން ވަނީ ވާހަކަ ދައްކާފައެވެ.

މިކަމާއި ގުޅޭގޮތުން ޗައިނާ ކޮމާސް މިނިސްޓްރީންވެސް ބުނީ ވަރަށް ދެ ފަރާތުން ދެއްކި ވާހަކަތަކުގައި އިޤްޠިޞާދީގޮތުން މިހާރު ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކަކަށް އަލިއަޅުވާލެވުނު ކަމަށެވެ.

އެމެރިކާގައި އިންފްލޭޝަން މަތިވަމުން ދިއުމުގެ ސަބަބުން އިންފްލޭޝަން ކޮންޓްރޯލުކުރުމަށް ޗައިނާގެ އުފެއްދުންތަކުން ނަގާ ޓެރިފް ކުޑަކުރުމަށް ބައިޑަންގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ޗައިނާގެ ކުންފުނިތަކާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކާއިމެދު ޗައިނާއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ޗައިނާގެ ބައެއް އުފެއްދުންތަކުން ނަގާ ޓެރިފް ކުޑަކުރުމަށް ޔެލެން ވަނީ ބައިޑަންއަށް ގޮވާލާފައެވެ.