ކުޅިވަރު

ސްޓާލިންގެ ފީ ދެއްކުމަށް ސިޓީ އާއި ޗެލްސީ އެއްބަސްވުމަކަށް


އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ރަހީމް ސްޓާލިން ޗެލްސީއަށް ގެންދިއުމަށް ކުރާ މަސައްކަތުގެ ދަށުން އޭނާއަށް ދައްކާނެ ފީ އާމެދު ދެ ކުލަބުގެ މެދުގައި އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން ސްޓާލިންގެ އަގު 50 މިލިއަން ޕައުންޑަށް އަރާނެއެވެ. ސްޓަރލިން ގެންދިއުމުގެ ފީ 50 މިލިއަން ޕައުންޑަށް އަރަނީ ފަހުން އިތުރުވާ ބައިތަކާވެސް އެކުއެވެ.

ސްޓާލިންގ ޗެލްސީއަށް ސޮއިކުރުމަށް ހަމަޖެހިފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެއްބަސްވުމުގައި އިތުރު އެއް އަހަރު އިތުރު ކުރުމުގެ ދޮރުވެސް ހުޅުވާލެވިފައިވެއެވެ. ނަމަވެސް މިކަންކަން ނިންމުމުގެ ކުރިން ސްޓަރލިންގ ޗެލްސީގެ މެޑިކަލް ފުރިހަމަ ކުރަންޖެހޭނެއެވެ.

އުމުރުން 27 އަހަރުގެ ސްޓަރލިންގ ސިޓީ ދޫކޮށް ޗެލްސީއަށް މި ބަދަލުވަނީ އޭނާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އެއް އަހަރަށް ވެފައިވަނިކޮށެވެ. އަދި ގިނަ ކްލަބްތަކަކުން އޭނާއަށް ޝައުގުވެރިކަން އައީ ފާޅުކުރަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަންނަ ހަފްތާގައި ޗެލްސީ އެމެރިކާގެ ޓުއަރ އަށް ފުރުމުގެ ކުރިން ސްޓަރލިންގގެ އެއްބަސްވުމުގައި ސޮއިކުރެވޭނެއެވެ. އަދި އޭނާ އެ ޓުއަރގައި ބައިވެރިވާނެކަމަށް ވަނީ ބެލެވިފައެވެ.