ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ ގްރޫޕް ސީގައި ޕޯޗުގަލާއި ސްވިޓްޒަލަންޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ލީޖް ސްޕޯޓްސް ވިލެޖްގައި ކުޅުނު މިމެޗް ނިމުނީ 2-2 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕޯޗުގަލްއިންނެވެ. ނަމަވެސް މި މެޗްގެ ފެށުން ރަނގަޅުކުރީ ސްވިޒަލޭންޑެވެ. މިގޮތުން މެޗްގެ ފުރަތަމަ ފަސް މިނެޓްގެ ތެރޭގައި ސްވިސްއިން ވަނީ ދެލަނޑު ޖަހާ މިމެޗްގައި ހަމަޖެހިލާފައެވެ.
ސްވިޒަލޭންޑުގެ ފުރަތަމަ ލަނޑު މެޗްގެ ދެވަނަ މިނެޓްގައި ޖަހާދިނީ ކޮއުމްބާ ސޯއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 5 ވަނަ މިނެޓްގައި ޖަހާދިނީ ރަހެލް ކިވިކްއެވެ. ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ޕޯޗުގަލް ފެނިގެންދިޔައި ވަރުގަދަ ކޮށެވެ. މިގޮތުން މެޗްގެ 58 ވަނަ މިނެޓްގައި ޕޯޗުގަލްގެ ފުރަތަމަ ލަނޑު ޖަހާދިނީ ޑިއާނާ ގޯމޭޒްއެވެ. އަދި އޭގެ ހަތް މިނެޓްފަހުން ޕޯޗުގަލްއިން މެޗްގެ ނަތީޖާ ހަމަހަމަކުރީ ޖެސިކާ ސިލްވަރ ޖަހާދިން ލަނޑުންނެވެ. މިގްރޫޕަކީ އެންމެފަހުގެ ޗެމްޕިއަން ނެދަލަންޑްސް އާއި ސްވިޑްން ހިމެނޭ ގްރޫޕް ކަމުން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑު ކުރުމަށްޓަކައި ދެޓީމަށްވެސް މޮޅުވުން މުނިންމު މިމެޗްގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ދެތީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބި ބޭކާރުވެގެން ގޮސްފައެވެ.
މިނަތިޖާއާއެކު ގްރީޕް ސީގައި މިހާރު ހުރިހާ ޓީމެއް އެއްމެޗް ކުޅެފައިވާއިރު ހުރިހާ ޓީމަކަށްވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ. އަދި ޖަހާފައިވާ ލަނޑަށް ބަލާއިރު މިވަގުތު ކުރީގައި އުޅެނީ ޕޯޗުގަލް އާއި ސްވިޓްޒަލަންޑެވެ.