އިންޑިއާގެ ޓެމިލްނާޑޫގައި ކުރިއަށްދިޔަ "ކަރާޓޭ އެންޑް ސިލޭމްބަމް އޭޝިއަން ޗެމްޕިއަންޝިޕް" ގައި ރާއްޖޭގެ އެތުލީޓުން ރަން ވަނަތަކެއް ހޯދައިފިއެވެ.
މި މުބާރާތުގައި ރާއްޖެއިން ވަނީ އިންޑިއާގެ 10 ސްޓޭޓެއް ބަލިކޮށް އެއްވަނަ ހޯދާފައެވެ.
މުބާރާތުގައި ރާއްޖޭގެ 14 އެތުލީޓުން ވާދަކުރިއިރު، އެ އެތުލީޓުންނަކީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ނުވަ ދަރިވަރުންނާއި، ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރުންގެ އިތުރުން މަޖީދިއްޔާ ސްކޫލުގެ ދަރިވަރެކެވެ.
މި މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ވަނީ އެކި ކެޓަގަރީތަކުގައި ވާދަކޮށް 17 ރަން މެޑެއްޔާއި، ފަސް ރިހި މެޑެލް އަދި 16 ލޯ މެޑެލް ހޯދައިފައެވެ.
މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކޮށްފައިވަނީ އިންޑިއާގެ އެކި ސްޓޭޓްތަކުގެ ޓީމުތަކެވެ. އެގޮތުން އަންދްރަ ޕްރަދޭޝް، ކެރެލާ، ޓަމިލްނާޑޫ، ޓެލެންގްޔާ، ގުޖުރާތު، މަދްޔާ ޕްރަދޭޝް، ޖާގަންޑް އަދި ޕުންޖާބް ހިމެނެއެވެ.
މިއީ ރާއްޖޭގެ ކަރާޓޭ ޓީމަކުން ބައިނަލްއަގުވާމީ މުބާރާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.