ޚަބަރު

ފްލައިން ސްކޫލުގެ ދަރިވަރުންނަށް ލޯނު ދޫކުރަން ހުޅުވާލައިފި


އައްޑޫ ފްލައިން ސްކޫލްގައި ޕައިލެޓްކަން ކިޔެވި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަ ނުކުރެވުނު ދަރިވަރުން ލޯނަށް އެދުމުގެ ފުރުޞަތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫ ފްލައިން ސްކޫލް ހިންގި ދުވަސްވަރު ޕައިލޮޓް ޓްރޭނިން ގައި ބައިވެރިވެ، އެ ކުންފުނީގެ އިހުމާލުން ދަރިވަރުން ތަކަކަށް ވަނީ ކޯސް ނިންމާ ނުލެވިފައެވެ.

އޭއޭއޭ އިން ފްލައިން ސްކޫލް ހިންގުން ހުއްޓައިލި އިރު ކޯސް ނިންމައި ނުލެވި ތިބި ދަރިވަރުންނަށް ލޯނު ދޫކުރާނީ ރިފްރެޝްވުމުގެ ޕްރޮގްރާމެއް ފުރިހަމަކުރާ ދަރިވަރުންނަށްކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެ މިނިސްޓްރީން ވިދާޅުވީ އެ ޕްރޮގްރާމްގައި ބައިވެރިވި 65 ދަރިވަރުންގެ ތެރެއިން 35 ދަރިވަރަކު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ.

އެ ދަރިވަރުން ލޯނަށް އެދި ހުށަހަޅަން މިނިސްޓްރީން މިއަދު ހުޅުވައިލި ފުރުސަތުގެ ސުންގަޑިއަކީ މިމަހުގެ 15ވަނަ ދުވަހުގެ މެންދުރު ފަހު 1:30އެވެ.

މިނިސްޓްރީން ވިދާޅުވީ ލޯނަށް އެދި ހުޅުވާލި ހުޅުވައިލި ފުރުސަތުގައި ލޯނުގެ ގޮތުގައި ފައިސާ ދޫކުރާނީ ކޯހުގެ ބާކީ ބަޔަށް ވާ ވަރަށް ކަމަށެވެ. އެފައިސާ ދޫކުރާނީ މިނިސްޓްރީގެ މިއަހަރުގެ ބަޖެޓުންނެވެ.

"މޯލްޑިވިއަން ފްލައިން އެކަޑަމީ" ހިންގުމުގެ ހުއްދަ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން މިހާރު ވަނީ އެއަކޑާމީއަށް ހުއްދަ ދީފައެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީއަކީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީއާ ގުޅިގެން ގާއިމްކުރާ ސްކޫލެކެވެ. އެހެންކަމުން މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ ހިންގަމުންދާނީ މޯލްޑިވްސް ސިވިލް އޭވިއޭޝަނާއި ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އެޖެންސީގެ ސްޓޭންޑަޑްތަކާ އެއްގޮތަށެވެ.

މިއީ ދިވެހި ފުރަތަމަ ފްލައިން ސްކޫލެވެ. މި ސްކޫލް އުފެއްދީ އައްޑޫގައި ހިންގަމުން އައި، ފްލައިން ސްކޫލްގެ ކިޔެވުން ހުއްޓި އޭގެ ޝަކުވާ ބޮޑުވުމާއި ގުޅިގެންނެވެ. ސްކޫލްގެ ތިއަރީ ގަޑިތައް މިއަހަރުގެ ޖެނުއަރީ މަހުވަނީ ފަށާފައެވެ.