އަހަރު ނިމޭއިރު ކުންފުނީގެ އޮޕަރޭޓިންގް ފައިދާވާނެ ކަމަށް ޖަޕާނުގެ ހޮންޑާ މޮޓޯ ކޯ ލަފާކޮށްފިއެވެ.
ފައިދާވާނެ ކަމަށް ލަފާކުރި ނަމަވެސް ޗިޕްސްގެ ދަތިކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ދުނިޔޭގެ އިގްތިސާދުވެސް ހީނަރުވެފައިވާކަމާއި ފައިދާ ވާނެކަމަށް މާބޮޑަށް އުންމީދު ނުކުރާކަމަށްވެސް ހޮންޑާއިން ބުނެއެވެ.
ހޮންޑާގެ އޮޕަރޭޓިންގް ފައިދާގެ ގޮތުގައި 6.15 ބިލިއަން އެމެރިކާ ޑޮލަރު ނުވަތަ 830 ބިލިއަން ޔެން ކުންފުންޏަށް ލިބޭނެކަމަށް ކުންފުނިން ވަނީ ލަފާކޮށްފައެވެ. މީގެކުރިން ލަފާކޮށްފައިވާ އަދަދަކީ 810 ބިލިއަން ޔެން އެވެ.
ޑިމާންޑް ވަރުގަދަވެ ކޯވިޑުގެ ބަލިމަޑުކަމުން އަރައިގަތުމުގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް އޮޕަރޭޝަންތަކަށް ހުރަސްއެޅޭ ކަންތައްތައް އަދިވެސް މުޅިން ހައްލެއް ނުވެއެވެ.
އެހެން އޮޓޯ އުފައްދާ ކުންފުނިތަކެކޭ އެއްފަދައިން ހޮންޑާގެ ވެސް ފުރަތަމަ ކުއާޓަރުގެ އުފެއްދުންތަކަށް ގެއްލުންވީ ދުނިޔޭގައި ސެމީކޮންޑަކްޓަރުން ލިބުން ދަތިވުމާއި ކޯވިޑުގެ ބަލިމަޑުކަމާއިހެދި ޗައިނާ ފުރަބަންދުކުރުމުގެ ސަބަބުން އެތަކެތީގެ ބައިތައް ފޯރުކޮށްދިނުމަށް ބުރޫއަރާފައިވާތީއެވެ.
4.2 މިލިއަން ކާރު ވިއްކާނެކަމަށް އަހަރު ފެށުނުއިރު ހޮންޑާއިން ބުނެފައިވާއިރު، ކޯވިޑުގެ ބަލިމަޑުކަމުގެ އަސަރު މި އުފެއްދުންތަކަށް ކުރާނެކަމަށް ހޮންޑާއިން ކުރިންވެސް ވިސްނާފައިވާކަމަށް އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ކޮހޭ ޓަކެއުޗީ ވަނީ ވިދާޅުވެފައެވެ.
ޝަންހާއީގައި އޮތް ލޮކްޑައުން އުވާލައިފާއިރު ޖޫން އަދި ޖުލައި މަހު ވެސް މީގެ އަހަރެއްހާ ދުވަސްކުރީގެ މި ދުވަސްވަރާއި އަޅާބަލާއިރު އުފެއްދުންތެރިކަން އިތުރުވެފައިވާކަމަށާއި ވީމާ ހާލަތު ގާތްގަޑަކަށް ހަމަޔަކަށް އެޅިއްޖެކަމަށްވެސް ޓަކެއުޗީ ވިދާޅުވިއެވެ. ކޮމްޕިއުޓަރާއި ފޯނުތަކަށް ސެމީކޮންޑަކްޓަރު ލިބޭ ކަމަށް ރިޕޯޓްތައް ބުނާ ނަމަވެސް މި މާލީ އަހަރު ތެރޭގައި ޗިޕްސްގެ ދަތިކަން ދެމިއޮންނާނެ ކަމަށް އެގްޒެކެޓިވް ވިދާޅުވިއެވެ.
ޖޫން މަހުގެ ނިޔަލަށް ވޭތުވެދިޔަ ތިން މަސް ދުވަހުގެ ހޮންޑާގެ އޮޕަރޭޓިން ފައިދާ ހީކުރި ވަރަށް ވުރެ މަދުން %9 ދަށްވެ 222.2 ބިލިއަން ޔެން އަށް ވަނީ އަރާފައެވެ.
ހޮންޑާގެ މުހިއްމު މާކެޓް ކަމަށްވާ އެމެރިކާގައި ޑިމާންޑް ބޮޑު ނަމަވެސް ޑީލަރުންގެ އިންވެންޓްރީ މަދުވުމުން އޭޕްރީލް-ޖޫން ކުއާޓަރުގައި ރީޓެއިލް ވިޔަފާރި ދެބައިކުޅަ އެއްބައި ވަނީ ދަށްވެފައެވެ.
އެމެރިކާގެ ޑީލަރުންގެ އިންވެންޓްރީގައި ހުރީ އެންމެ ގާތްގަނޑަކަށް 20،000 އެއްހައި އިންވެންޓްރީ ކަމަށް ޓަކެއުޗީ ވިދާޅުވި އެވެ. އަދި ބެކްލޮގް އޯޑަރުތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ އެމީހުން އެންމެ އިސްކަންދޭ ކަން ކަމަށް ޓެކުއަޗީ ވިދާޅުވިއެވެ.
އެމެރިކާ ކާރު ގަންނަ ފަރާތްތަކުގެ ވަރުގަދަ ޑިމާންޑް ދެމިއޮންނާނެ ކަމަށް ހޮންޑާގެ ވާދަވެރި ސުބާރޫ ކޯޕަރޭޝަނުން ލަފާކުރާއިރު ސުޒުކީ މޮޓޯ ކޯޕަރޭޝަނުން ލަފާކުރާ ގޮތުގައި ބެކްލޮގް އޯޑަރުތައް ފޫބެއްދުމަށް ކާރު ޑެލިވަރީ ކުރާހާ ހިނދަކު ކުންފުންޏަށް އޮޕަރޭޓިން ފައިދާއެއް ލިބޭނެއެވެ.