ދުނިޔޭގެ ވިޔަފާރި

ޗިލީގެ ޖީޑީޕީ ލަފާކުރިވަރަށްވުރެ ދަށްވެއްޖެ


ޗިލީގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) އަހަރުގެ ދެވަނަ ކުއާޓަރުގައި ލަފާކުރި ވަރަށްވުރެ ދަށްވެފައިވާކަމަށް އެ ގައުމުގެ މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކައިފިއެވެ.

ޗިލީގެ އިގްތިސާދީ ދުވެލި އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި %5.4އަށް ހަލުއިވެފައިވީނަމަވެސް، ސީޒަނަލް އެޖެސްޓް ޓާމްސްގައި އޭގެ ކުރީ ތިން މަހާ އަޅާބަލާއިރު އެއްވެސް ކުރިއެރުމެއް ފެނިފައެއް ނުވެއެވެ.

ރޮއިޓާސްގެ ޕޯލްގައި އިގްތިސާދީ މާހިރުން ލަފާކޮށްފައިވާގޮތުގައި އަހަރުން އަހަރަށް ބަލާއިރު ޗިލީގެ އިގްތިސާދީ ދުވެލި %5.7 އިތުރުވެ، އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު %0.3 އިތުރުވާނެއެވެ.

ފުރަތަމަ ކުއާޓަރުގައި ޗިލީގެ އިގްތިސާދު ވޭތުވެދިޔަ ތިން މަހާ އަޅާބަލާއިރު ވަނީ %0.8 ށް ދަށްވެފައެވެ. އިގްތިސާދީ ދުވެލި މަޑުވެފައިވަނީ އިންފްލޭޝަން ކޮންޓްރޯލްކުރުމަށް ޗިލީގެ މަރުކަޒީ ބޭންކުން އަޅާފައިވާ ހަރުކަށި މާލީ އުސޫލުތަކުގެ ސަބަބުންނެވެ.

ޗިލީގެ އިގްތިސާދީ ދުވެލި ދެވަނަ ކުއާޓަރުގައި ގާތްގަޑަކަށް ހުއްޓިފައި އޮތުމުން އަހަރުގެ ފަހު ހަ މަސް ދުވަހު ރިސެޝަނަށް ވެއްޓުމުގެ ފުރުސަތު ބޮޑުކަމަށް ކެޕިޓަލް އިކޮނޮމިކްސްގެ ލެޓިން އެމެރިކާގެ އިގްތިސާދީ މާހިރު ކިމްބަރލީ ސްޕަރފެކްޓާ ވަނީ ވިދާޅުވެފައެވެ. އެންމެ ފަހުގެ އިގްތިސާދީ އަދަދުތަކަށް ފަހު ފައިސާކަމަށްވާ، ޕެސޯގެ އަގު އެމެރިކާ ޑޮލަރާ އަޅާބަލާއިރު %2.2 ބަލިކަށިވެފައިވާ ކަމަށް ވެސް ޝިދާތާ ފާހަގަކުރެއްވިއެވެ.

މަރުކަޒީ ބޭންކުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާގޮތުގައި ޕާސަނަލް ކެއާ އާއި ދަތުރުފަތުރުގެ ސަބަބުން ހިދުމަތްތަކުގެ ކުރިއަރާފައިވާއިރު، ދުނިޔޭގެ އެންމެ ބޮޑު ކޮޕާ އުފައްދާ ގައުމުކަމަށްވާ ޗިލީގެ މައިނިން އާއި ދަނޑުވެރިކަން ވަނީ ދަށްވެފައެވެ.

ޕެންތިއަން މެކްރޯ އިކޮނޮމިކްސްގެ ޗީފް ލެޓިން އެމެރިކާގެ އިކޮނޮމިސްޓް އަންޑްރެސް އަބާޑިއާ ވިދާޅުވީ ފުރަތަމަ ކުއާޓަރުގައި ޗިލީގެ އިގްތިސާދު ދަށްވެ، މާލީ އަދި މަނިޓަރީ ޕޮލިސީ ހަރުކަށިވެފައިވާއިރު އެތެރޭގެ އަސާސީ ކަންކަން ގޯސްވެފައިވާ ކަމަށެވެ.