ސްޕެނިޝް ލީގުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ކުޅެމުން އައި ބްރެޒިލުގެ މިޑްފީލްޑަރު ކަސެމީ، އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދެކްލަބްގެ މެދުގައި މިހާރު ވަނީ 70 މިލިއަން ޕައުންގެ އަގަކަށް އެއްބަސްވެވިފައެވެ.
އުމުރުން 30 އަހަރުގެ މިކުޅުންތެރިޔާ އަންނަނީ 2013 ވަނަ އަހަރުން ފެށިގެން ރެއާލްއަށް ކުޅެމުންނެވެ. އަދި މިމުއްދަތުގެ ތެރޭގައި އޭނާވަނީ ރެއާލް އާއެކު ސްޕެނިޝް ލީގު ތިން ފަހަރު އަދި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ތަށި ފަސް ފަހަރު ކާމިޔާބުކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކަސެމީރޯގެ ޓްރާންސްފާ ފީއަކީ 60 މިލިއަން ޕައުންޑެވެ. އަދި އެހެނިހެން ބައިތަކާއެކު އިތުރު 10 މިލިއަން އިތުރު ވެގެންދާނެކަމަށް ވަނީ ބެލެވިފައެވެ.
ޔުނައިޓެޑުން ކަސެމީރޯ މިގެންދަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އިތުރު އެއް އަހަރު އިތުރު ކުރުމުގެ ފުރުސަތުވެސް މިއެއްބަސްވުމުގައި ވާނެކަމަށް ވެއެވެ.
ކަސެމީރޯ ޔުނައިޓެޑަށް ބަދަލުވުމާއެކު އޭނާ ވެގެންދާނީ އެކްލަބްގައި އެންމެ ބޮޑު މުސާރަ ލިބޭ އެއް ކުޅުންތެރިޔާއަށެވެ. އަދި އެއީ މިސީޒަނަށް ޔުނައިޓެޑުން އަލަށް ގެންދާ ހަތަރުވަނަ ކުޅުންތެރިޔާއަށް ވެގެންދާނެއެވެ.
ކަސެމީރޯގެ ކުރިން ޔުނައިޓެޑުން ގެންދިއުމަށް މަސައްކަތް ކޮށްފައިވަނީ ޔުވެންޓަސްއަށް ކުޅޭ އެޑްރިއަން ރެބިއޮއެވެ. ނަމަވެސް އޭނާ ބޭނުންވާ ކަންތައްތަކާމެދު ދެފަރާތުގެ މެދުގައި އެއްބަސްނުވެވުމުން އެކަންވަނީ ވާގޮތް ނުވެފައެވެ. ނަމަވެސް މިއެއްބަސްވުން މިއަންނަ ހޯމަ ދުވަހު ލިވަޕޫލާއި ދެކޮޅަށް ކުޅޭ މެޗްގައި އޭނާއަށް ވާދަކުރެވޭ ހާ ވަގުތު އޮއްވާ ވާނެކަމަކަށް ނުބެލެވެއެވެ.