ކުޅިވަރު

ލޯނު އެއްބަސްވުމެއްގެ ދަށުން އެންޑޮންބެލޭ ނާޕޮލީއަށް


އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓްނަމް ހޮޓްސްޕާގެ މެދުތެރެއަށް ކުޅެމުން އަންނަ ޓުންގައި އެންޑޮމްބެލޭ, ލޯނު އެއްބަސްވުމެއްގެ ދަށުން އިޓާލިއަން ލީގުގެ ނާޕޮލީއަށް ސޮއިކޮށްފިއެވެ.

މަޢުލޫމާތުލިބިފައިވާގޮތުގައި އޭނާ ބަދަލުވެފައިވަނީ އެއްއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މިލޯން އެއްބަސްވުމުގެ ދަށުން އެއް އަހަރަށްފަހު ދާއިމީކޮށް ބަދަލުވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. 2019 ވަނަ އަހަރު ފްރެންޗް ލީގް އާންގެ އޮލިމްޕިކް ލިޔޯންއިން ސްޕާސްއަށް 60 މިލިއަން ޔޫރޯގެ އަގަކަށް ގެނައި އެންޑޮންބެލޭ ވަނީ ސްޕާސްއަށް 91 މެޗް ކުޅެދީ 10 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އެކަމަކު އޭނާއަށް ސްޕާސްގައި މާއެދެވޭ ކުޅުމެއް ދެއްކެމުން ގޮސްފައި ނުވުމުގެ ސަބަބުން ފުރަތަމަ އެގާރައިން ފުރުސަތު ލިބެނީ ވަރަށް މަދުންނެވެ. އަދި މިދިޔަ ސީޒަންގެ ފަހު ބައި އޭނާ ހޭދަކޮށްފައިވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ކުރީގެ ކްލަބް ލިޔޯންގައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ނަޕޯލީއިން ވަނީ މިއެއްބަސްވުމުގެ ދަށުން ސްޕަރސްއަށް އެއް މިލިއަން ޔޫރޯ ދައްކާފައެވެ.