ޚަބަރު

ސިވިލް ކޯޓަށް 2 ފަޑިޔާރަކު ހޯދަނީ


ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ހުޅުވާލައިފިއެވެ.

ސިވިލް ކޯޓަށް ދެ ފަނޑިޔާރަކު ހޯދަން އިއުލާން ކޮށްފައިވަނީ އެކޯޓުގެ އިސް ފަނޑިޔާރު ޢަބްދުﷲ އަލީ ފަޑިޔާރުކަމުގެ މަޤާމުން ރިޓަޔަރ ކުރެއްވުމާއި ގުޅިގެންނާއި، ފަނޑިޔާރު ޒުބައިރު މުހައްމަދު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ސިވިލް ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލާފައިވާއިރު، މުއްދަތު ހަމަވާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މިމަޤާމަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެހަށް ([email protected]) ފޮނުވުމަށް ވަނީ އެދިފައެވެ.

ސިވިލް ކޯޓުގެ ފަޑިޔާރެއްގެ މުސާރައަކީ މަހަކު 30،000 ރުފިޔާއެވެ. ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ އަދި ރިސްކް އެލަވަންސުގެ ގޮތުގައި މަހަކު 1،650 ރުފިޔާ ލިބެއެވެ. މިއާއިއެކު މުސާރައިގެ ގޮތުގައި ސިވިލް ކޯޓުގެ ފަޑިޔާރަކަށް މަހަކު 46650 ރުފިޔާ ލިބޭނެއެވެ.