ޚަބަރު

ސިވިލް ކޯޓުގެ ޤާޒީކަމަށް 8 ބޭފުޅަކު ކުރިމަތިލައްވައިފި


ސިވިލް ކޯޓުގު ޤާޟީކަމުގެ މަގާމަށް 8 ފަރާތަކުން ކުރިމަތިލައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ މިމަޤާމަށް ކުރިމަތިލުމަށް މިމަހުގެ 15 ވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި ކުރިމަތި ލެއްވި އަށް ބޭފުޅުންގެ ނަންތައް ހާމަކުރައްވާފައެވެ. ސިވިލް ކޯޓަށް ދެ ފަނޑިޔާރަކު ހޯދަން އިއުލާން ކޮށްފައިވަނީ އެކޯޓުގެ އިސް ފަނޑިޔާރު ޢަބްދުﷲ އަލީ ފަޑިޔާރުކަމުގެ މަޤާމުން ރިޓަޔަރ ކުރެއްވުމާއި ގުޅިގެނެވެ.

ސިވިލްކޯޓުގެ ޤާޒީކަމަށް ކުރިމަތި ލެއްވި ބޭފުޅުން:

1. ޢަލީ ނަޞީރު / ގާޑެނިޔާވިލާ، ބ.ކިހާދޫ
2. ޢަބްދުﷲ ޒާހިރު / ދަފްތަރު، ނަންބަރު ރސ 9175، ކ.މާލެ
3. މުޙައްމަދު ވިދާން ޝާކިރު / ހ.ހުދުފިނިފެންމާގެ، ކ.މާލެ
4. އާދަމް ޛާލިފް / އޯކިޑުމާގެ، ގއ.ގެމަނަފުށި
5. ޢަލީ ނަދީމް / ހ.ގްލޯރިއޯސާ 2، ކ.މާލެ
6. ނަފީލު މުޙައްމަދު / ލަކީހޯމް، ގއ.ދާންދޫ
7. ސިނާން ޢަލީ / ސަންޑަލްވޫޑް، ގދ.ފިޔޯރީ
8. އަޙްމަދު މަޢުޞޫމް / ހަވީރީމަންޒިލް، ލ.މާބައިދޫ

ސިވިލް ކޯޓަށް ދެ ފަނޑިޔާރަކު ހޯދަން އިއުލާން ކޮށްފައިވަނީ އެކޯޓުގެ އިސް ފަނޑިޔާރު ޢަބްދުﷲ އަލީ ފަޑިޔާރުކަމުގެ މަޤާމުން ރިޓަޔަރ ކުރެއްވުމާއި ގުޅިގެނެވެ.