13 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ރާވާފައިވާ ކަމަށް ދެކުނު ކޮރެއާއިން އިއުލާންކޮށްފިއެވެ.
ދެކުނު ކޮރެއާއިން އަންނަނީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ދިން ސްޓިމިއުލަސް ޕެކޭޖްތައް ކުޑަކޮށް އިންފްލޭޝަންގެ ޕްރެޝަރުތައް މަރުކަޒީ ބޭންކަށް ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން މަސައްކަތްތަކެއް ކުރަމުންނެވެ.
ދެކުނު ކޮރެއާގެ މަލީ ވުޒާރާއިން ވިދާޅުވިގޮތުގައި 2023 ވަނަ އަހަރު ސަރުކާރުގެ ޚަރަދަކީ 473 ބިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ދެ ސަޕްލިމެންޓަރީ ބަޖެޓަކަށް ފަހު މިއަހަރުގެ ޚަރަދަށް ވުރެ %6 ކުޑަ އަދަދެކެވެ. އަދި އިތުރު ބަޖެޓްތައް ނުހިމަނައި ދެކުނު ކޮރެއާގެ 2023 ވަނަ އަހަރުގެ ޚަރަދު %5.2 އަށް އިތުރުވާނެ ކަމަށާއި މިއީ 2017 ވަނަ އަހަރަށް ފަހު މަދުން ޚަރަދު ކުރާ އަހަރަށް ވާނެ ކަމަށް މާލީ ވުޒާރާއިންވަނީ ހާމަކޮށްފައެވެ.
ދުނިޔޭގެ އެންމެ ކުރީގައި އޮތް ބޭންކް އޮފް ކޮރެއާއިން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އިންޓްރެސްޓް ރޭޓް %2 އަށް މަތިކޮށްފައެވެ.
ޚަރަދު ކުޑަކުރުމުގެ ގޮތުން 2023 ވަނަ އަހަރު ސަރުކާރުގެ ބައެއް މަޝްރޫއުތައް އަމިއްލަ ފަރާތްތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށާއި ސަރުކާރުގެ އެންމެ މަތީ ފެންވަރުގައި ތިބި އިސް އޮފިޝަލުންގެ މުސާރަ ކުޑަކުރަންވެސް ބަޖެޓްގައި ވަނީ ހިމަނާފައެވެ.
އަދި ޕަބްލިކް އިންފްރާސްޓްރަކްޗަރއަށް ކުރާ ޚަރަދުތައް %10.2 އަށް ކުޑަކުރުމަށް ސަރުކާރުން ރާވާފައިވާއިރު، ސަބްސިޑީ އާއި އެހެނިހެން ޚަރަދުތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަންނަ އަހަރު ކުރާ ޚަރަދު %18 އަށް ދަށްވާނެ އެވެ. ނަމަވެސް އާމްދަނީ ދަށް މީހުންނާއި ދުވަސްވީ މީހުންނަށް ކުރާ އިޖުތިމާއީ ރައްކާތެރިކަމުގެ ޚަރަދުތައް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ދެކުނު ކޮރެއާގެ ވިހެއުމުގެ ނިސްބަތް މިދިޔަ އަހަރު ވަނީ ދަށްވެފައެވެ.
އުތުރު ކޮރެއާގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާއި ދެކޮޅަށް އަސްކަރީ ސާމާނު ޒަމާނީ ކުރުމަށް ދެކުނު ކޮރެއާ އިން މަސައްކަތް ކުރަމުންދާއިރު، ދިފާއީ ދާއިރާއަށް ސަރުކާރުން ކުރާ ޚަރަދު %2.5އަށް ވަނީ އިތުރުވެފައެވެ.
ދެކުނު ކޮރެއާގެ އަންނަ އަހަރުގެ މާލީ ޑެފިސިޓް %2.6 އަށް ކުޑަވާނެ ކަމަށް އެ ގައުމުން ވަނީ ލަފާކޮށްފައެވެ. އަދި ފަސް އަހަރު ފަހުން ފުރަތަމަ ފަހަރަށް ދަރަނީގެ ނިސްބަތް %50.0 އިން %49.8 އަށް ދަށަށްދާނެކަމަށް މާލީ ވުޒާރާއިން ބުނެއެވެ.