ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ރަޝިއާގެ ޑަނީލް މެޑްވެޑޭވް ބަލިކޮށް ކުއާޓާ ފައިނަލުން އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސް ޖާގަ ހޯދައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ކިރްގިއޯސް ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. އެއީ ހަތެއް ހައެއް، ތިނެއް ހައެއް، ހައެއް ތިނެއް އަދި ހައެއް ދޭކުންނެވެ. މި ނާކަމިޔާބީއާއެކު ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ މެޑްވެޑޭވްގެ އެއްވަނަ މަގާމުވެސް ގެއްލިގެންދާނެކަމަށް ވަނީ ބެލެވިފައެވެ.
މެޑްވެޑޭވް ބަލިކޮށް ކުއާޓާއިން ކިރްގިއޯސް ޖާގަ ހޯދިއިރު، ކުއާޓާ ފައިނަލުގައި ކިރްގިއޯސް ވާދަކުރާނީ 27 ވަނައަށް ސީޑް ކުރެވިފައިވާ ރަޝިއާގެ ކަރެން ހަޗަނޯވް އާއެވެ.
މިމުބާރާތުގެ ކުއާޓާއިން ހަޗަނޯވް ޖާގަ ހޯދީ ޕަބްލޯ ކަރޭނޯ ބުސްޓާއާ ބައްދަލުކުރި މެޗު ތިން ސެޓު ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހަތަރެއް ހައެއް، ހައެއް ތިނެއް، ހައެއް އެކެއް، ހަތަރެއް ހައެއް އަދި ހައެއް ތިނަކުންނެވެ.