ކުޅިވަރު

ސަމްޕްޑޯރިއާ އަތުން މިލާނަށް މޮޅެއް


އިޓާލިއަން ލީގުގައި ސަމްޕްޑޯރިއާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނުން ކާމިޔާބުކޮށްފިއެވެ.

ސެމްޕްޑޯރިއާގެ ދަނޑުގައި ކުޅުނު މިމެޗް މިލާން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސެމްޕްޑޯރިއާއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ މިލާނުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 6 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ މިލާނުންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޖޫނިއަރ މެސިއަސްއެވެ.

މިމެޗްގެ 47 ވަނަ މިނެޓްގައި މިލާންގެ ހުނަރުވެރި ފޯވަޑް ރަފައެލް ލިއާއޮ ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ދެވަނަ ރީނޑޫ ކާޑާއެކު ވަނީ ރަތްކާޑު ދައްކާފައެވެ. ނަތީޖާއަކަށް ވެގންދިޔައީ އޭގެ 10 މިނެޓްފަގުން ސެމްޕްޑޯރިއާއިން ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މިމެޗުން މިލާން މޮޅުވި ލަނޑު މެޗްގެ 67 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އޮލިވިއަރ ޖިރޫއެވެ. މިމެޗްގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ސެމްޕްޑޯރިއާއަށް މެޗްގެ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް މިލާނުންވަނީ އެހަމަލާ ނާކާމިޔާބުކޮށްލާފައެވެ.

މިކާމިޔާބީއާއެކު މިލާން މިހާރު އުޅެނީ ކުޅުނު 6 މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އެއީ އެއްވަނައިގާ އުޅޭ ނަޕޯލީ އާއި އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ނަޕޯލީއަށް ކުރި ލިބޭތީއެވެ. އަދި ސެމްޕްޑޯރިއާ އުޅެނީ 2 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.