ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން މިމަހުގެ 24 އާ ހަމަޔަށް އަވައްޓެރި ފުލުހުންގެ ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.
އަވައްޓެރި ފުލުހުންގެ ހަފްތާގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު ސްކޫލްތަކުންނެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ސްކޫލް އެސެމްބްލީއަށް ފުލުހުން ގޮސް "ވޯކް އެންޑް ޓޯކް"ގެ ނަމުގައި ހަރަކާތްތަކެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން 18-24 ސެޕްޓެމްބަރ 2022 އަށް ކުރިއަށް ގެންދާ " އަވައްޓެރި ފުލުހުންގެ ހަފްތާ " ގެ ހަރަކާތްތައް#AvatterifuluhungeHaftha pic.twitter.com/FLWkvD6ntN
— Maldives Police (@PoliceMv) September 16, 2022
އަދި 19 ވަނަ ދުވަހު ގެތަކަށް ޒިޔާރާތް ކުރުމަށް ހަމަޖެހިފައިވާއިރު ކޮމިއުނިޓީ މީޓީންތަކާއި ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރަށް 21 ވަނަ ދުވަހު ޚާއްސަ ފުޓްބޯޅަ މެޗެއް ބޭއްވުމަށާއި ގުރައިދޫ މަރުކަޒަށް ޒިޔާރާތް ކުރުމުގެ އިތުރަށް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބައްދަލުކުރުމަށްވެސްއަ ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރަށް އަވައްޓެރި ފުލުހުން މީޑިއާށް ދިއުމާއި އަވައްޓެރި ފުލުހުންގެ ހަވީރެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން ހަރަކާތްތަކެއް ބާއްވަމުން އަންނައިރު ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތެއްގެ ގޮތުގައި ދޭންފަށާފައިވަނީ މީގެ 18 އަހަރު ކުރިން ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.