ދުނިޔޭގެ ވިޔަފާރި

ސިންގަޕޫރުގެ އެކްސްޕޯޓް މައްޗަށް!


ސިންގަޕޫރުން އެކްސްޕޯޓުކުރި މިންވަރު އޮގަސްޓުމަހު 11.4 އިންސައްތައަށް އިތުރުވެއްޖެއެވެ.

ސިންގަޕޫރުން އެކްސްޕޯޓުކުރި މިންވަރު އޮގަސްޓުމަހު އިތުރުވެފައިވާއިރު މިއަދަދު ޖުލައިމަހު ހުރީ 7 އިންސައްތައިގައެވެ.

އެންޓަޕްރައިސް ސިންގަޕޫރު، އީއެސްޖީއިން އާންމުކުރި ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މީގެ އަހަރެއްހާ ދުވަސް ކުރިން ތެޔޮ ނޫން ތަކެތި އެކްސްޕޯޓްކުރި މިންވަރު ކުރިއަރާފައިވާއިރު އިލެކްޓްރޯނިކްސް ތަކެތި އެކްސްޕޯޓްކުރި މިންވަރު ވަނީ ދަށްވެފައެވެ.

ޖުމްލަކޮށް ދުނިޔޭގެ އެންމެ ގަދަ 10 މާކެޓަށް އޮގަސްޓުމަހު އެކްސްޕޯޓުކުރި މިންވަރު ވަނީ އިތުރުވެފައެވެ. މި ގައުމުތަކަށް އެކްސްޕޯޓުކުރި މިންވަރު އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަންގެ 27 ގައުމާއި އިންޑޮނޭޝިއާގެ ސަބަބުންނެވެ. ޗައިނާ، ޓައިވާން އަދި ހޮންކޮންގްއަށް އެކްސްޕޯޓްކުރި މިންވަރު ވަނީ ދަށްވެފައެވެ.

މަހުން މަހަށް ސީޒަނަލް އެޖެސްޓްކުރާ އުސޫލުން ބަލާއިރު، ޖުލައިމަހު ތެޔޮ ނޫން ތަކެތި އެކްސްޕޯޓުކުރި މިންވަރު %1.4 އަށް އިތުރުވުމަށްފަހު އޮގަސްޓްމަހު ވަނީ %3.9 އަށް 3.9 ދަށްވެފައެވެ.

ސީޒަނަލް އެޖެސްޓް އުސޫލުން ބަލާއިރު، އޮގަސްޓްމަހު ތެޔޮ ނޫން ތަކެތި އެކްސްޕޯޓުކުރި މިންވަރު ވަނީ 17.1 ބިލިއަން ސިންގަޕޫރު ޑޮލަރަށް އަރާފައެވެ. މިއީ މީގެ އަހަރެއްހާ ދުވަސް ކުރިން ލިބުނު މިންވަރަށް ވުރެ މަތީ އަދަދެއް ނަމަވެސް ޖުލައި މަހު ލިބުނު 17.8 ބިލިއަން ސިންގަޕޫރު ޑޮލަރަށް ވުރެ ދަށް އަދަދެކެވެ.

އަހަރުގެ ތެރޭގައި ތެޔޮ މައްޗަށް ގޮސްފައިވަނީ މައިގަނޑު ގޮތެއްގައި އިލެކްޓްރޯނިކްސް ނޫން ތަކެތި އެކްސްޕޯޓުކުރުމުންނެވެ. އިލެކްޓްރޯނިކްސް ޝިޕްމަންޓްތައް ވަނީ ދަށްވެފައެވެ. އިންޓެގްރޭޓެޑް ސާކިއުޓް އެކްސްޕޯޓުކުރި މިންވަރު %6 އަށް ދަށްވެފައިވާއިރު، ޑިސްކް މީޑިއާ ޕްރޮޑަކްޓް %21.3 އަށް ވަނީ ދަށްވެފައެވެ. އަދި ޕާސަނަލް ކޮމްޕިއުޓަރުގެ ބައިތައް އެކްސްޕޯޓުކުރި މިންވަރު ވަނީ %23.5 އަށް ދަށްވެފައެވެ.

ކާބޯތަކެތި ތައްޔާރުކުރުމާއި، ބޭސްވެރިކަމާއި، ބޯޓުތަކާއި ދޯނިތަކުގެ ސްޓްރަކްޗަރތަކަކީ އިލެކްޓްރިކް ނޫން ތަކެތީގެ ތެރެއިން އެކްސްޕޯޓު އިތުރުވި މައިގަނޑު ތަކެއްޗެވެ.