ޓެކްސްގެ އާމްދަނީ އިތުރުވުމާއި ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް އުވާލުމުން 2023-2022 ގެ މާލީ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ކެނެޑާގެ ބަޖެޓް ސާޕްލަސް ރެކޯޑް އަދަދެއް ކަމަށްވާ 4.67 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެއްޖެއެވެ.
2021 ވަނަ އަހަރުގެ އޭޕްރީލް މަހުން ޖުލައި މަހުގެ ނިޔަލަށް ކެނެޑާގެ ބަޖެޓް ޑެފިސިޓް ވަނީ 47.33 ބިލިއަން ސިންގަޕޫރު ޑޮލަރަށް އަރާފައެވެ.
މިއަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ ވަނީ %20.7 އަށް އިތުރުވެފައެވެ. ޕްރޮގްރާމްގެ ޚަރަދުތައް %20.1އަށް ދަށްވެފައިވާއިރު، މިއީ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ސަރުކާރުން ދިން އެހީތައް ނިމުމަކަށް އައުމުން ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކަށް ޓްރާންސްފާ ކުރުން މަދުވުމުން ދަށްވި ދަށްވުމެއް ކަމަށް ކެނެޑާގެ މާލީ ވުޒާރާއިން ބުނެއެވެ.
އުއްމީދުކުރި ގޮތަށް، މި ހިނގާ މާލީ އަހަރުގެ ނަތީޖާ ރަނގަޅުވަމުންދާއިރު މިއީ ކޯވިޑުގެ ބަލިމަޑުކަން އެންމެ ބޮޑަށް އޮތް ދުވަސްވަރާއި އަޅާބަލާއިރު ރަނގަޅު ކުރިއެރުމެއް ކަމަށް މާލީ ވުޒާރާއިން ނެރުނު ބަޔާނެއްގައިވެއެވެ.
މަހުން މަހަށް ބަލާއިރު ޖުލައި މަހު ކެނެޑާއިން ވަނީ 3.87 ބިލިއަން ސިންގަޕޫރު ޑޮލަރުގެ ޑެފިސިޓެއް ރެކޯޑުކޮށްފައެވެ. އޭގެ އަހަރެއްހާ ދުވަސް ކުރިން ކެނެޑާގެ ބަޖެޓް ޑެފިސިޓް ވަނީ 10.86 ބިލިއަން ސިންގަޕޫރު ޑޮލަރަށް އަރާފައެވެ.
ތަކެތީގެ އަގު އުފުލި އިންފްލޭޝަން މަތިވުމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މަދުން އާމްދަނީ ލިބޭ އާއިލާތަކަށް އެހީވުމަށް 3.43 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރަން ނިންމާފައިވާ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ މި މަހުގެ ކުރީކޮޅު ވަނީ އިއުލާނުކުރައްވާފައެވެ.
ގާތްގަނޑަކަށް ހަތަރު ގަރުނަށްފަހު ކެނެޑާގެ އިންފްލޭޝަން %8.1 ށް މަތިވުމަށްފަހު ޖުލައި މަހުގެ އިންފްލޭޝަން ވަނީ ތަންކޮޅެއް ދަށްވެފައެވެ. ނަމަވެސް ބޭންކް އޮފް ކެނެޑާއިން އަދިވެސް އަގުތައް އުފުލެމުން ދާތީ ކަންބޮޑުވެ، ވޭތުވެ ދިޔަ 14 އަހަރު ދުވަހުގެ ތެރޭގައި އިންޓަރެސްޓު ރޭޓު މަތިނުކުރާހާ މިންވަރަށް މި މަހު ވަނީ މަތިކޮށްފައެވެ.