ކުޅިވަރު

ފޮރެސްޓް ބަލިކޮށް ލެސްޓާއަށް ފުރަތަމަ މޮޅު


އިނގިރޭސި ޕްރިމިއާ ލީގުގެ މި ފަހަރުގެ ސީޒަނުގައި ފުރަތަމަ ފަހަރަށް ލެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

މި މެޗު ލެސްޓާ ކާމިޔާބުކުރީ ނޮޓިންހަމް ފޮރެސްޓާ ބައްދަލުކޮށް 4-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލެސްޓާއިންނެވެ. މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 25 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީ އެޓީމަށް ލީޑު ނަގާދިނީ ޖޭމްސް މެޑިސަން އެވެ. އަދި ހާވީ ބާރންސް މެޗްގެ 27 ވަނަ މިނެޓްގައި ކާމިޔާބުކުރި ލަނޑާއެކު ލެސްޓަރގެ ލީޑު ފުޅާވެގެންދިޔައެވެ.

މި މެޗްގައި ލެސްޓާގެ ތިންވަނަ ލަނޑު މެޗްގެ 35 ވަނަ މިނެޓްގައި ޖަހާދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން މެޑިސަންއެވެ. އަދި އެޓީމްގެ ފަހު ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ޖަހާދިނީ ޕެޓްސަން ޑާކާއެވެ. މިމެޗްގައި ފޮރެސްޓަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މި ކާމިޔާބީއާއެކު ލެސްޓަރ މިވަނީ ތާވަލްގެ ފުލުން އަރާފައެވެ. އެއީ ކުޅުނު އަށް މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއެކުއެވެ. މި ނާކާމިޔާބީއާއެކު ފޮރެސްޓް މިހާރު މިވަނީ ޖަހާފައިވާ ލަނޑުގެ ތަފާތުން ތާވަލްގެ ފުލަށް ވެއްޓިފައެވެ.