ކުޅިވަރު

ބޯޑޯ ގްލިމްޓް އަތުން އާސެނަލަށް ފަސޭހަ މޮޅެއް


ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް އޭގައި ބޯޑޯ ގްލިމްޓާ ދެކޮޅަށް ކުޅުނު މެޗު އާސެނަލުން ކާމިޔާބުކޮށްފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ބޯޑޯ ގްލިމްޓް ގިނައިރު ބޯޅަ ގެންގުޅުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު އާސެނަލްއަށް ކާމިޔާބުކޮށްދީ އެޓީމަށް ލީޑު ނަގާދިނީ އެޑީ އެންކޭޓިއާއެވެ. މިލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ މެޗްގެ 23 ވަނަ މިނެޓްގައެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ރޮބް ހޯލްޑިންގ ވަނީ އާސެނަލްގެ ލީޑު ފުޅާކޮށްދީފައެވެ. މިމެޗްގައި އާސެނަލްގެ ފަހު ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފަބިއޯ ވިއެއިރާއެވެ. މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެން ގޮސްފައިވެއެވެ.

މިކާމިޔާބީއާއެކު އާސެނަލް މިހާރު އުޅެނީ ކުޅުނު ދެމެޗްވެސް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައިގައެވެ. އަދި ތިން މެޗް ކުޅެފައިވާ ބޯޑޯ ގްލިމްޓްއަށް ހަތަރު ޕޮއިންޓާއެކު އުޅެނީ ތިންވަނައިގައެވެ. މިގްރޫޕްގައި ޕީއެސްވީ އެއިންދްހޯވެން އާއި ޒިއުރިކް ބައްދަލުކުރިމެޗް ފަސްލަނޑު އެއްލަނޑުން ކާމިޔާބު ކުރީ ޕީއެސްވީއެވެ.