ކުޅިވަރު

އަންހެނުންގެ ވޯލްޑް ކަޕް ޕްލޭއޮފުން ވޭލްސް ޖާގަ ހޯދައިފި


އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގައި ކުޅެމުން އަންނަ ކޮލިފައިންގެ ޕްލޭއޮފް ފައިނަލުން ވޭލްސް ޖާގަ ހޯދައިފިއެވެ.

ޕްލޭ އޮފް ފައިނަލުން ވޭލްސް ޖާގަހޯދީ ބޮސްނިއާ އެންޑް ހަރޒެގޮވީނާ އާއި ޕްލޭ އޮފް ސެމީފައިނަލްގައި ބައްދަލުކޮށް މެޗް ކާމިޔާބުކޮށްގެންނެވެ.

ވޭލްސްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެެވެ. ދެތީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވުމުން ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތުގެ ދެހާފް ކުޅޭށެވެ. މިމެޗްގެ ހަމައެކަނި ލަނޑު ފެނިގެންދިޔަމީ އިތުރު ވަގުތުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައެވެ. މިލަނޑު ވޭލްސް އަށް ކާމިޔާބުކޮށްދިނީ ޖެސް ފިޝްލޮކްއެވެ.

މިކާމިޔާބީއާއެކު ޕްލޭ އޮފް ފައިނަލަށް ވޭލްސް ދަތުރު ކޮށްފައިވާއިރު ފައިނަލްގައި ވޭލްސް ބައްދަލުކުރާނީ ސްވިޓްޒަލަންޑާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ސްވިޓްޒަލަންޑްގައެވެ. ވޭލްސްގެ އިތުރުން ސްކޮޓްލަންޑާއި ޕޯޗުގަލްވެސް ވަނީ ޕްލޭ އޮފް ފައިނަލުން ޖާގަހޯދާފައެވެ. މިގޮތުން ސްކޮޓްލަންޑް ޕްލޭ އޮފް ފައިނަލްގައި ވާދަކުރާނީ ރިޕަބްލިކް އޮފް އަޔަލަންޑާއެވެ. އަދި ޕޯޗިގަލް ބައްދަލުކުރާނީ އައިސްލަންޑާއެވެ.