ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައެއްގައި މީހަކު ހޯދަނީ


ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން ހޯދަން އިއުލާން ކޮށްފައިވަނީ ޏ. ފުވައްމުލައް. ދޫޑިގަން / ނިއުވެލީ، އައިޑީކާޑު ނަންބަރު:A325924 ، އިބްރާހިމް ޝާހީން (35އ) އެވެ.

އޭނާ ހޯދަން އިއުލާންކޮށްފައިވަނީ ލ. ގަން ޕޮލިސް އިން ތަހުގީގު ކުރަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއާއި އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީއެވެ.

މިމައްސަލާގައި އޭނާ މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރު ފަހު 14:00އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

މިމީހާއާ ބެހޭ އެއްވެސް މައުލޫމާތު ލިބިފައިވާނަމަ ލ. ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791261 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުލުހުން އެދިފައިވެއެވެ.