ބިލީ ޖީން ކިންގް ކަޕުގެ ފައިނަލްސްގައި އިނގިރޭސވިލާތް ތަމްސީލުކުރާ ޓީމު ލީޑުކުރާނީ އިނގިރޭސި އަންހެން ޓެނިސް ތަރި އެމާ ރަޑުކާނޫކަން ހާމަވެއްޖެއެވެ.
ރަޑުކާނޫއަކީ މިހާރު އިނގިރޭސިވިލާތުގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާއެވެ.
2021 ވަނަ އަހަރުގެ ޔޫއެސް އޯޕަން ކާމިޔާބު ކުރުމާއެކު އެންމެންގެ ސަމާލުކަމަށް އައި ރަޑުކާނޫ ވަނީ މިދިޔަ ހަފްތާގައި ޔުމޭނިއާގައި ބޭއްވި ޑަބްލިޔު.ޓީ.ޕީ މުބާރާތުން އަނިޔާވެގެން ވަކިވެފައެވެ. ނަމަވެސް މިއާއެކުވެސް މިއަންނަ މަހު ގްލާސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގައި ވާދަކުރެވޭނެކަމަށް އޭނާ އަންނަނީ އުންމީދު ކުރަމުންނެވެ.
މިފަހަރުގެ މުބާރާތުގެ ފައިނަލްސް ގައި 12 ޓީމެއް ވާދަކުރާނެއެވެ. އިނގިރޭސިވިލާތް ހިމެނިފައިވަނީ ކަޒަކިސްތާން އަދި ސްޕެއިން އާއި އެެއް ގްރޫޕެއްގައެވެ. އަދި ކޮންމެ ގްރޫޕަކުން ސެމީފައިނަލަށް ދާނީ އެއްވަނައަށް ދާ ޓީމް އެކަންޏެވެ.