ކުޅިވަރު

ޕްލަޒެން ބަލިކޮށް ބަޔާން ދެވަނަ ބުރަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ބަޔާން މިޔުނިކް ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ދެވަނަ ބުރުން ބަޔާން ޖާގަ ހޯދީ ވިކްޓޯރިއާ ޕްލަޒެން އާއި ބައްދަލުކުރި މެޗް ކާމިޔާބުކޮށްގެންނެވެ. ޕްލަޒެންގެ ދަނޑުގައި ކުޅުނު މި މެޗް ބަޔާން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއެވެ. މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 10 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ ބަޔާންއެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ސާޑިއޯ މާނޭއެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ބަޔޭންގެ ލީޑު ފުޅާކޮށްދިނީ ތޯމަސް މުލަރ ޖަހާދިން ލަނޑުންނެވެ.

މީގެއިތުރުން ބަޔާންއިން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން އިތުރު ދެ ލަނޑު ޖަހާ ހަތަރު ލަނޑުގެ ލީޑެއް ނަގާފައެވެ. މި ދެ ލަނޑު އެޓީމަށް ޖަހާދިނީ 25 ވަނަ މިނެޓާއި 35 ވަނަ މިނެޓްގައި ލެއޮން ގޮރެޓްޒްކާއެވެ. މި މެޗްގައި ޕްލަޒެން ޖެހި ފުރަތަމަ ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޑަމް ވިލްކަނޯވާއެވެ. އަދި އެ ޓީމްގެ ދެވަނަ ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި ޖަހާދިނީ ޔާން ކްލިމެންޓް އެވެ.

މި ކާމިޔާބީއާއެކު ބަޔާން މިހާރު މިވަނީ ކުޅުނު ހަތަރު މެޗްވެސް ކާމިޔާބުކޮށް މުބަރާތުގެ ދެވަަނަ ބުރުން ޖާގަ ހޯދާފައެވެ. އަދި މިއީ މި މުބާރާތުގެ ދެވަނަ ބުރުން ބަޔާން ޖެހިޖެހިގެން ޖާގަ ހޯދި ފަނަރަ ވަނަ ފަހަރެވެ. އަދި ޕްލަޒެން އުޅެނީ ޕޮއިންޓެއް ނުލިބި އެންމެ ފުލުގައެވެ.