ދުނިޔޭގެ ވިޔަފާރި

އީކިއާގެ ވިޔަފާރި ރެކޯޑު އަދަދަކަށް އިތުރުވެއްޖެ


ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުން ފަރުނީޗަރު އުފައްދާ ބޮޑު ކުންފުނި އީކިއާގެ ވިޔަފާރި ރެކޯޑު އަދަދަކަށް އިތުރުވެއްޖެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ހޯމް ފާނިޝިންގް ބްރޭންޑްގެ ފްރެންޗައިޒަރ، އިންޓަ އީކިއާއިން ބުނިގޮތުގައި އޮގަސްޓް މަހުގެ ނިޔަލަށް 12 މަސް ދުވަހުގެ ތެރޭގައި އީކިއާގެ ހުރިހާ ފިހާރަތަކުންނާއި އޮންލައިން ވިޔަފާރި ވަނީ %6.5 އަށް އިތުރުވެފައެވެ. އެއީ 43.3 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރިއެވެ.

"އިންފްލޭޝަން އާއި ސަޕްލައި ޗޭންގެ މައްސަލަތަކުގެ ސަބަބުން 2022 ވަނަ އަހަރުގެ މާލީ އަހަރު ކުންފުނީގެ ވިޔަފާރިއަށް އަސަރުކުރި، އަދި ހަރަދުތައް މައްޗަށް ގޮސް އަގުތައް މައްޗަށް ދިޔަ. އޭގެ މާނައަކީ ފައިސާގެ ގޮތުން ވިޔަފާރި ކުރިއެރި ނަމަވެސް ވިއްކާފައިވާ މިންވަރު މައްޗެއް ނުވޭ" އިންޓަ އީކިއާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިންޓަ އައިކޭއާގެ ސީއީއޯ ޖޯން އަބްރަހަމްސަން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިގޮތުގައި ކުންފުނީގެ ވިޔަފާރީގެ ވޮލިއުމް މިއަހަރު ތެރޭގައި އިތުރެއްނުވެއެވެ. މައި މާކެޓް ޔޫރަޕްގެ ފިހާރަތަކާއި ރަޝިޔާގައި ބަންދުކޮށްފައިވާ ފިހާރަތައް ހިމެނޭ ގޮތަށް ގިނަ ފިހާރަތައް ހިންގާ އިންކާ ގްރޫޕުން ބުނިގޮތުގައި ވަކިވަކިން އެ ކުންފުނީގެ ވިޔަފާރި %5.6 އަށް ނުވަތަ އެތެރޭގެ ފައިސާއިން %2.2 އިތުރުވެ 39.5 ބިލިއަން ޔޫރޯއަށް ވަނީ އަރާފައެވެ.

އެ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ގްރޫޕުގެ ގިނަ މާކެޓްތަކުގައި ވިއްކުން އިތުރުވެފައިވާ ކަމަށާއި ޖުމްލަކޮށް އުފެއްދުންތައް ލިބޭ މިންވަރު ރަނގަޅުވެފައިވާ ކަމަށެވެ.
އީކިއާގެ ރަޝިއާ ވިޔަފާރި ބަންދުކޮށްފައި ވަނީ މިދިޔަ މާޗް މަހުއެވެ. ރަޝިއާ ވިޔަފާރި އީކިއާއިން ހުއްޓާލިއިރު، އިންކާގެ މިދިޔަ އަހަރުގެ ވިޔަފާރީގެ %4 ހިއްސާ ވަނީ ރަޝިއާއެވެ.