ކުޅިވަރު

އެލް ކްލަސިކޯ މެޗުގައި ރުޑިގާއަށް ކުޅެވޭނެ


މި ސީޒަނުގެ ފުރަތަމަ އެލް ކްލަސިކޯގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި ޑިފެންޑަރު އެންޓޯނިއޯ ރުޑިގާއަށް ކުޅެވޭނެ ކަމަށް ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ބުނެފިއެވެ.

ރުޑިގަރއަށް މިމެޗްގައި ކުޅެވޭނެކަމާމެދު ސުވާލު އުފެދިގެންދިޔައީ ޗެމްޕިއަންސް ލިގުގައި އެންމެފަހުން އެންމެފަހުން ރެއާލް ކުޅުނު މެޗްގައި ޝަކްޓަރ ޑިނެސްކްގެ ކީޕަރާއި ޖެހި ހިނގި ހާދިސާގައި އޭނާގެ ބޮލަށް އަނިޔާވެފައިވުމުންނެވެ.

އެހާދިސާ އާއި ގުޅިގެން އޭނާގެ ބޯ ފަޅައިގެން ގޮސް ވިހި ސްޓިޗް ޖަހަން ޖެހުނު ކަމަށް ރެއާލްއިން ހާމަކޮށްފައިވެއެވެ. އަދި އެއަނިޔާ އާއެކުވެސް މިރޭގެ މެޗަށް ރުޑިގަރ ފިޓްވެފައިވާކަމަށް ރެއާލްއިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މިރޭ ރުޑިގަރ ނިކުންނާނީ ރައްކާތެރިވުމަށްޓަކައި ހާއްސަ މާސްކެއް އަޅައިގެންނެވެ.

ރެއާލްގެ ކޯޗް ކާލޯ އެންޗެލޯޓީ ހާމަކުރިގޮތުގައި ރުޑިގަރ އަކީ ވަުގަދަ ކުޅުންތެރިއެއް ކަމަށެވެ. އަދި އޭނާ ހުރީ މިމެޗްގައި ވާދަކުރުމަށް ކެތް މަދުވެފައިކަމަށްވެސް އޭނާ ހާމަކުރިއެވެ. ރުޑިގަރ އަށް ކުޅެވުނު ނަމަވެސް އެޓީމްގެ އެއް ނަމްބަޕރު ކީޕަރ ޓީބޯ ކޯޓުއަރ އަދިޔާއިން އެނބުރި އައިސްފައިވީ ނަމަވެސް މެޗް ފިޓްނަސް ނެތުމުގެ ސަބަބުން މިމެޗްގައި ނުފެންނާނެއެވެ.

އެންޗެލޯޓީ ހާމަކުރިގޮތުގައި ކޯޓުއަރ އަނިޔާއިން އެނބުރިއައުމުން ރެއާލް އަށް ވަރަށް ފައިދާ ވާނެކަމަށާއި ނަމަވެސް އޭނާ ވޭތުވެދިޔަ ހަތަރު ވަރަކަށް މެޗްގައި ކުޅެފައި ނުވާތީ މެޗް ފިޓްނުވާތީ މިރޭގެ މެޗަށް ނުނެރޭނެކަމަށެވެ. އަދި އޭނާ ކުޅުމުގެ ތެރެއަށް އަނބުރާ ގެންނަން މާއަވަސް އަރުވާލައިގެން ނޫލޭނެ ކަމަށްވެސް އެންޗެލޯޓި ހާމަކުރިއެވެ.

މިރޭގެ މެޗަށް ނިކުންނަނއިރު ލަލީލާގައި ރެއާލް އާއި ބާސާވެސް އޮތީ އެއް ޕޮއިންޓަށް ލިބި ތާވަލްގެ އެއްވަނަ އާއި ދެވަނައިގައެވެ. އެއީ ބާރސާ އަށް ފައިދާ ގޯލަށް ބަލާލއިރު ކުރި ލިބިގެންނެވެ. ނަމަވެސް ބާރސާއަށް ޗެމްޕިއަންސް ލީގުގައި މާރަނގަޅު ކުޅުމެއް ނުދެއްކޭތީ އެޓީމް މިހާރުވަނީ ގްރޫޕް ސްޓޭޖުން ކެޓުމާގާތަށް ގޮސްފައެވެ. އެންޗެލޯޓީ ހާމަކުރިގޮތުގައި ޗެމްޕިއަންސް ލިގުގައި ރަނގަޅަށް ނުކުޅެވުނު ނަމަވެސް ލަލީލާގައި ބާރސާ އަންނަނީ ވަރަށް މޮޅު ކުޅުމެއް ދައްކަމުންނެވެ.

ބަރސާގެ ކޯޗް ޒާވީ ހެނާންޑޭޒް ހާމަކުރިގޮތުގައި ބާސާއަށް އޭނާއަށް އިތުރަށް އެހީތެރިވެވިދާނެކަމަށް ނުފެންނަ ހިސާބުން އެމަގާމްގައި ނުހުންނާނެކަމަށް ހާމަކޮށްފައެވެ. ޒާވީ ހާމަކުރިގޮތުގައި ޗެމްޕިއަންސް ލީގުގެ ކުޅުމާއި ގުޅިގެން އޭނާއަށް ވަރަށް ބޮޑަށް ޕްރެޝަރ އެބައޮތް ކަމަށާއި އަދި ފާޑު ކިޔުންވެސް އަމާޒުވެފައިވާކަމަށެވެ.

ނަމަވެސް މިޓީމް އިތުރަށް ވަރުގަދަކުރުމަށް އޭނާ ކރަމުންދާ މަސައްކަތަށް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެކަމަށްވެސް ޒާވީ ހާމަކުރިއެވެ. މިދިޔަ ސީޒަންގައި ރެއާލްގެ ދަނޑުގައި ކުޅޭ ހަތަރު ލަނޑު ސުންލަނޑުން މޮޅުވި ބާރސާ މިހާރު ދަތުރު ކުރަމުން އަންނަނީ ރަނގަޅު މިސްރާބުން ކަމަށްވެސް ޒާވީ ހާމަކުރިއެވެ. މިރޭގެ މެޗަކީ ބާސާ އާއި ރެއާލްއަށްވެސް ވަރަށް މުހިންމު މެޗެއް ކަމަށް އޭނާ ހާމަކުރިއެވެ.