ކުޅިވަރު

ސަމްޕްޑޯރިއާ އަތުން ރޯމާއަށް ހަނި މޮޅެއް


އިޓާލިއަން ލީގުގައި ސަމްޕްޑޯރިއާއާ ދެކޮޅަށް ކުޅުނު މެޗު ރޯމާއިން ކާމިޔާބުކޮށްފިއެވެ.

ސެމްޕްޑޯރިއާގެ ދަނޑުގައި ކުޅުނު މިމެޗް ރޯމާ ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސެމްޕްޑޯރިއާއިންނެެވެ. ނަމަވެސް އޭނާއެކުވެސް އެޓީމަށް ރޯމާގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއްނުވިއެވެ. މިމެޗްގައި ރޯމާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 9 ވަނަ މިނެޓްގައި ޖަހާދިނީ ލިބުނު ޕެނަލްޓީއަކުން ލޮރެންޒޯ ޕެލެގްރީނީއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެތީމަށް ލިބުނު ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ރޯމާއަށް މިހާރުވަނީ ކުޅުނު 10 މެޗުން ލިބިފައިވާ 22 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނަ އަށް ކުރިއަށް ޖެހިލާފައެވެ. އަދި ސެމްޕްޑޯރިއާ އުޅެނީ 3 ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.

ސެރީއާގައި ލެއްޗެ އާއި ފިއޮރެންޓީނާ ބައްދަލުކުރިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 43 ވަނަ މިނެޓްގައި ލެއްޗެގެ އަސާން ސީސޭ ޖަހާދިން އިރު މިމެޗްގެ ނަތީޖާ ފިއޮރެންޓީނާއިން ހަމަހަމަ ކުރި ލަނޑު ޖަހާދިނީ 48 ވަނަ މިނެޓްގައި ކްރިސްޓިއަން ކޮއާމޭއެވެ. މިމެޗްގެ އިތުރު ވަގުތުގައި ލެއްޗެގެ އެންޓޮނީނޯ ގާލޯއަށް ވަނީ ރަތްކާޑު ދައްކާފައެވެ.