އިޓާލިއަން ލީގުގައި އެމްޕޯލީ ބަލިކޮށް ތާވަލުގެ ހަތްވަނައަށް ޔުވެންޓަސް ޖެހިލައިފިއެވެ.
ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. ޔުވެންޓަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު އެމްޕޯލީން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޔުވެންޓަސް އިންނެވެ.
މެޗްގެ ފުރަތަމަ ލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދީ އެޓީމަށް ލީޑު ނަގާދިނީ މެޗްގެ 8 ވަނަ މިނެޓްގައި މޮއިސް ކީންއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 55 ވަނަ މިނެތްގައި ޖަހާދިނީ ވެސްޓަން މެކެނިއެވެ. މިމެޗްގައި ޔުވެންޓަސްގެ ތިންވަނަ ލަނޑު މެޗްގެ 82 ވަނަ މިނެޓްގައި ޖަހާދިނީ އެޑްރިއަން ރެބިއޮއެވެ. އަދި ފަހު ލަނޑު އިތުރު ވަގުތުގެ ހަތަރު ވަނަ މިނެތްގައި ޖަހާދިނީވެސް ރެބިއޮއެވެ.
މި ކާމިޔާބީއާއެކު ޔުވެންޓަސް މިހާރު ވަނީ 11 މެޗުން ލިބިފައިވާ 19 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އެއްވަަނައިގާ އުޅޭ ނާޕޮލީ އާއި ދެމެދުގައިވާ ފަރަގު މިވަނީ ހަތް ޕޮއިންޓަށް ކުޑަވެގެން ގޮސްފައެވެ. ނަމަވެސް މިހަފްތާ ބަންދުގެ މެޗްތަކާއެކު މިފަރަގު ބޮޑު ވެގެންދިއުން ވަރަށް ގާތެވެ. މިމެޗުން ބަލިވުމާއެކު އެމްޕޯލީ އުޅެނީ 11 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.