އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ގޯލްޑަން ސްޓޭޓް ވޮރިއާސްއާ ދެކޮޅަށް ކުޅުނު މެޗު ޑެންވާ ނަގެޓްސްއިން ކާމިޔާބުކޮށްފިއެވެ.
ވޮރިއަރސްގެ ކޯޓުގައި ކުޅުނު މިމެޗް ނަގެޓްސް ކާމިޔާބުކުރީ 128 ޕޮއިންޓް 123 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނަގެޓްސްގެ ނިކޮލާ ޔޮކިޗްވަނީ 26 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާ 10 އެސިސްޓް ކޮށް ޓްރިޕްލް ޑަބަލްއެއް މިމެޗްގައި ހަދާފައެވެ. ވޮރިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 34 ޕޮއިންޓް ހޯދާދީ 5 ރީބައުންދް ނަގާ 4 އެސިސްޓް ކުރި ސްޓެފަން ކަރީއެވެ.
މިމުބާރާތުގައި ފީނިކްސް ސަންސް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް ބައްދަލުކުރިމެޗް 113 ޕޮއިންޓް 111 ޕޮއިންޓުން ކާމިޔާބުކުރީ ޓްރެއިލް ބްލޭޒަރސްއެވެ. މިމެޗްގައި ބްލޭޒަރސްގެ ޑެމިއަން ލިލާޑްވަނީ 41 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާ 3 އެސިސްޓް ކޮށްފައެވެ. އަދި ސަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 33 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 3 އެސިސްޓް ދިން ޑެވިން ބޫކަރއެވެ.
މީގެއިތުރުން ބޮސްޓަން ސެލްޓިކްސް އާއި މައޭމީ ހީޓް ބައްދަލުކުރިމެޗް 111 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ ސެލްޓިކްސްއެވެ. މިމެޗްގައި ސެލްޓިކްސްގެ ޖޭސަން ޓެޓުމްވަނީ 29 ޕޮއިންޓް ހީދާދީ 5 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. އަދި ހީޓްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގާ 3 އެސިސްޓް ދިން ޓައިލަރ ހޭރޯއެވެ.