ކުޅިވަރު

ސީއާރް7 އިންޓަ ޑިޕާޓްމެންޓަލް ފުޓްސަލްގެ ޗެމްޕިއަންކަން ފްރަންޓް އޮފީހަށް


ސީއާރް7 އިންޓަ ޑިޕާޓްމެންޓަލް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ފްރޮންޓް އޮފީސް ޓީމުން ހޯދައިފިއެވެ.

އަންގްސާނާ ވެލާވަރު ރިސޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ފްރޮންޓް އޮފީހުން ހޯދީ ފައިނަލުގައި އެފްއެންބީ ކިންގްސް 3-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގައެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެފްއެންބީ ކިންގްސްއެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ނަދީމްއެވެ. އެކަމަކު މެޗުގެ ދެވަނަ ހާފުގައި ފްރޮންޓް އޮފީހުން ވަނީ ތަފާތު މޮޅަށް ކުޅެ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މި ހާފުގައި ފްރޮންޓް އޮފީހުގެ އަހްމަދު ޝަޒީމް ދެ ލަނޑު ޖެހިއިރު، ފްރޮންޓް އޮފީހުން ކާމިޔާބުކުރި ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު ރިޔާޝް އަޙްމަދެވެ.

ޖުމްލަ ހަ ޓީމުން ވާދަކުރި މި މުބާރާތް ކުރިއަށްދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގެ އެއްވަނަ އަދި ދެވަނައަށްދާ ޓީމު ސެމީ ފައިނަލުގައި ކުޅޭ ގޮތަށެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، ފްރޮންޓް އޮފީސް ޓީމުގެ ޝަޒީމް އާއި، އެ ޓީމުގެ މުޙައްމަދު ރިޔާޝް އާއި، އެފްއެންބީ ކިންގްސްގެ ޒަހުރާން އަޙްމަދާއި، އެ ޓީމުގެ އިބްރާހީމް ފަޒީލް އާއި، ހައުސް ކީޕިން ޓީމުގެ މުޙައްމަދު ޝާހުއެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ފްރޮންޓް އޮފީހުގެ ޝަޒީލެވެ.