އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި މެމްފިސް ގްރިޒްލީސްއާ ދެކޮޅަށް ކުޅުނު މެޗު ޑެލަސް މެވްރިކްސްއިން ކާމިޔާބުކޮށްފިއެވެ.
މެޗް މެވްރިކްސް ކާމިޔާބުކޮށްފައިވަނީ 137 ޕޮއިންޓް 96 ޕޮއިންޓުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި މެވްރިކްސްގެ ލޫކާ ޑޮންޗިޗް ވަނީ 32 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 10 އެސިސްޓް ކޮށްފައެވެ.
ގްރިޒްލީސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 20 ޕޮއިންޓް ހޯދާދީ އެއް ރީބައުންޑް ނަގާދީ 4 އެސިސްތް ކުރި ޖާ މޮރާންޓްއެވެ. މިމުބާރާތުގައި މިލްވައުކީ ބަކްސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 125 ޕޮއިންޓް 105 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ. މިމެޗްގައި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯ ވަނީ 44 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާ 3 އެސިސްޓް ކޮށްފައެވެ. އަދި ރޮކެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 18 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 7 އެސިސްޓް ކޮށްދިން ކެވިން ޕޯޓަރ ޖުނިއަރއެވެ.
މީގެއިތުރުން ބޮސްޓަން ސެލްޓިކްސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރިމެޗް 126 ޕޮއިންޓް 120 ޕޮއިންޓުން ކާމިޔާބުކުރީ ސެލްޓިކްސްއެވެ. މި މެޗްގައި ސެލްޓިކްސްގެ ޖޭސަން ޓެޓުމް ވަނީ 40 ޕޮއިންޓާއި 8 ރީބައުންޑް ނަގާ 1 އެސިސްޓް ކޮށްފައެވެ. އަދި މެޖިކްގެ ޓެރެންސް ރޯސްވަނީ 29 ޕޮއިންޓް ހޯދައިދީ 4 ރީބައުންޑް ނަގާދީ އެއް އެސިސްޓް ކޮށްފައެވެ. މިއީ މި ސީޒަންގައި ސެލްޓިކުން ކުޅެ އަދި ކާމިޔާބު ކުރި ތިންވަނަ މެޗެވެ.