ކުޅިވަރު

ޓީ20 ވޯލްޑް ކަޕް: ސުޕަ 12 ގެ ފުރަތަމަ މެޗު ނިއުޒިލެންޑަށް


އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ސުޕަ 12 ގެ ފުރަތަމަ މެޗް ނިއުޒިލެންޑުން ކާމިޔާބުކޮށްފިއެވެ.

ސިޑްނީގައި ކުޅުނު ގްރޫޕް ވަންގެ މިމެޗް ނިއުޒީލަންޑް ކާމިޔާބުކުރީ އޮސްޓްރޭލިއާ އާއި ބައްދަލުކޮށް 89 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.

ސިޑްނީ ކްރިކެޓް ގްރައުންޑްގައި ކުޅުނު މިމެޗްގައި ޓޮސް ދިމާވެގެން އޮސްޓްރޭލިއާއިން އެންމެ ފުރަތަމަ ގަސްދުކުރީ ފީލްޑް ކުރާށެވެ. އެހެންކަމުން އެންމެ ފުރަތަމަ ކުޅެން އަރާ ނިއުޒީލަންޑްއިންވަނީ 20 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން 200 ލަނޑު ހަދާފައެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 92 ލަނޑު ހަދައިދިން ޑެވަން ކޮންވޭ އެވެ.

މީގެއިތުރުން ފިން އެލެން ވަނީ 42 ލަނޑު ހަދާދީފައެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 41 ލަނޑަށް 2 ވިކެޓް ނަގާދިން ޖޯޝް ހެޒްލްވުޑް އެވެ.

ޖަވާބުގައި އޮސްޓްރޭލިއާއިން ކުޅެން އަރާ 17 އޯވަރު އެއް ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 111 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 28 ލަނޑު ހެދި ގްލެން މެކްސްވެލް އާއި 21 ލަނޑު ހަދާދިން ޕެޓް ކަމިންސްއެވެ. މިއީނިންގްސްގައި ނިއުޒީލަންޑް ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 2 އޯވަރު އެއްބޯޅަ ހަ ލަނޑަށް ތިން ވިކެޓް ނެގި ޓިމް ސައުތީއެވެ. މީގެއިތުރުން މިޝެލް ސެންޓްނަރވަނީ ހަތަރު އޯވަރު 31 ލަނޑަށް ތިން ވިކެޓް ނަގާދީފައެވެ.

މިކާމިޔާބީއާއެކު ނިއުޒީލަންޑުން އެޓީމްގެ ކުޅުން ރަނގަޅު ކޮށްފައެވެ. އަދި މިއީ އޮސްޓްރޭލިއާގެ ކެޕްޓަން އާރޮން ފިންޗް އެޓީމް އެންމެފަހުން ކުޅުނު ފަސް މެޗްގައިވެސް ޓޮސް ދިމާވެ ފީލްޑް ކުރަން ނިންމާ ވަނީ އެހުރިހާ މެޗަކުން ބަލިވެފައެވެ.