އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ސުޕަ 12 ގެ ގްރޫޕް ދޭއްގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗު އިންޑިއާއިން ކާމިޔާބުކޮށްފިއެވެ.
މެލްބަންގައި ކުޅުނު މިމެޗް އިންޑިއާ ކާމިޔާބު ކޮށްފައިވަނީ ހަތަރު ވިކެޓުންނެވެ.
މެލްބަން ކްރިކެތް ގްރައުންޑްގައި ކުޅުނު މިމެޗްގައި ޓޮސް ދިމާވެގެން އިންޑިއާއިން ނިންމީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. މިގޮތުން ޕާކިސްތާނުން އެންމެ ފުރަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެޑުނީ 159 ލަނދެވެ. އެޓީމަށް އެންމެ ރަނަގަޅަށް ކުޅެފައިވަނީ ނުބައިނުވެ 52 ލަނޑު ހެދި ޝާން މައްސޫދެވެ. މީގެއިތުރުން އިފްތިކާރު އަހްމަދު ވަނީ 51 ލަނޑު މިމެޗްގައި ހަދާފައެވެ. މި އީނިންގްސްގައި އިންޑިއާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ތިން އޯވަރު 23 ލަނޑަށް ތިން ވިކެތް ނަގާދިން ރަވީޗަންދްރަން އަޝްވިން އާއި ހަތަރު އޯވަރު 32 ލަނޑަށް ތިން ވިކެތް ނެގި އާޝްދީޕް ސިންގްއެވެ.
ޖަވާބުގައި އިންޑިއާއިން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 160 ލަނޑު ހަދާ މެޗް ކާމިޔާބުކުރިއެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 82 ލަނޑު ހެދި ވިރާތު ކޯލީއެވެ. އަދި ހަރްޑީކް ޕާންޑްޔާ ވަނީ 40 ލަނޑު ހަދާފައެވެ. މިއީނިންގްސްގައި ޕާކިސްތާން ތީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 21 ލަނޑަށް 2 ވިކެތް ނަގާދިން ޝަދާބް ޙާން އާއި ހަތަރު އޯވަރު 36 ލަނޑަށް 2 ވިކެޓް ނަގާދިން ހަރިސް ރައުފްއެވެ. މިމެޗްގައި އިންޑިއާއިން ވަނީ ފަހު އޯވަރުގެ ތެރޭގައި 16 ލަނޑު ހަދާފައެވެ.
މިމުބާރާތުގައި އިންޑިއާ ދެން ބައްދަލުކުރާނީ ނެދަލަންދްސްއާއެވެ. އަދި ޕާކިސްތާން ބައްދަލުކުރާނީ ޒިމްބާބްވޭ އާއެވެ.