އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ސެކްރެމެންޓޯ ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން ގޯލްޑަން ސްޓޭޓް ވޮރިއާސްއިން ކާމިޔާބުކޮށްފިއެވެ.
މިމެޗް ވޮރިއަރސް ކާމިޔާބުކުރީ 130 ޕޮއިންޓް 125 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ވޮރިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 33 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާ 2 އެސިސްޓް ދިން ސްޓެފަން ކަރީއެވެ. އަދި ކިންގްސްއަށް އެންމެ ަރނގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 10 އެސިސްޓް ކުރި ޑި އާރޮން ފޮކްސްއެވެ.
މިމުބާރާތުގައި ޔޫޓާ ޖޭޒް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗް 122 ޕޮއިންޓް 121 ޕޮއިންޓްގެ ކުޑަ ތަފާތަކުން ކާމިޔާބުކުރީ ޖޭޒްއެވެ. މިމެޗްގައި ޖޭޒްގެ ލައުރީ މާކަނެންވަނީ 31 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާދީ 2 އެސިސްޓް ކޮށްފައެވެ. އަދި ޕެލިކަންސް އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 12 އެސިސްޓް ދިން ސީޖޭ މެކްކޮލަމްއެވެ. މީގެއިތުރުން ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް އާއި ލޮސް އެންޖަލިސް ލޭކަރސް ބައްދަލުކުރިމެޗް 106 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ ޓްރެއިލް ބްލޭޒަރސްއެވެ. މިމެޗްގައި ބްލެޒަރސްއަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 41 ޕޮއިންޓް ހޯދާދީ 5 ރީބައުންދް ނަގާ 2 އެސިސްޓް ދިން ޑާމިއަން ލިލާޑްއެވެ. އަދި ލޭކަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 31 ޕޮއިންޓް ހޯދަދީ 8 ރީބައުންޑް ނަގާދީ 8 އެސިސްޓް ދިން ލެބްރޯން ޖޭމްސްއެވެ.